އިރާގާއި ސީރިޔާގައި ހަނގުރާމަ ކުރަމުން އަންނަ އައިއެސް ޖަމާއަތުން، ފުރަތަމަ ފަހަރަށް ކުޑަ ކުއްޖަކު ލައްވައި މީހެއްގެ ކަރު ބުރި ކޮށްފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން ކުޑަ ކުއްޖަކު ލައްވައި، އައިއެސްއިން ބުރި ކޮށްފައިވަނީ ސީރިއާ ސިފައިންގެ އިސް އޮފިޝަރެއްގެ ކަރެވެ.
ވީޑިއޯއިން ފެންނަގޮތުން އެ ކުއްޖާ ހުންނަނީ ކެމަފްލާޖް ހެދުމެއްގައި ކަޅު ފޮތިން މޫނު ނިވާކޮށްގެންނެވެ.
ވީޑިއޯގައި ކަރު ބުރިކޮށްލި މީހާ ވަނީ އޭނާއަކީ ބައްސާރުލް އަސަދުގެ ސިފައިންގެ ފައުޖުގެ ކެޕްޓަނެއް ކަމަށް އިއުތިރާފު ވެފަ އެވެ. ވީޑިއޯއިން ފެންނަ ގޮތުން ކުޑަކުއްޖާ އެމީހާގެ ކަރު ބުރިކޮށްލުމަށްފަހު ބޮލާއި ހަށިގަނޑު ވަކިކޮށްލައެވެ. އަދި އެމީހާގެ ބޯ، އެމީހާގެ ހަށިގަނޑު މަތީގައި ބަހައްޓަ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން ކަރު ބުރިކޮށްލި އޮފިޝަރަކީ ޕަލްމީރާ އަވަށުން އައިއެސްއިން އިން ރަހީނުކޮށްފައިވާ އޮފިޝަރެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް