މާލެ-ހުޅުމާލެ ފެރީ ޓާމިނަލްގެ ބިއްލޫރިގަނޑު ތަޅާލި މީހަކު ހައްޔަރުކޮށްފި

މާލެ-ހުޅުމާލެ ފެރީ ޓާމިނަލްގެ ބިއްލޫރިގަނޑެއް ތަޅާލި މީހަކު ހައްޔަރުކޮށްފި އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި މައްސަލައިގާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފ...

19 Jul 2015 | 08:13

މާލެ-ހުޅުމާލެ ފެރީ ޓާމިނަލްގެ ބިއްލޫރިގަނޑެއް ތަޅާލި މީހަކު ހައްޔަރުކޮށްފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި މައްސަލައިގާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 26 އަހަރުގެ ފިރިހެނެއް ކަމަށެވެ. މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ރޭ ދަންވަރު 2:15 ހާއިރު މާލެ-ހުޅުމާލެ ފެރީ ޓާމިނަލްގެ ބިއްލޫރިގަނޑެއް ތަޅާލި މައްސަލައިގާ ކަމަށް ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.

އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު އެމީހާގެ އަތުގައި ޒަހަމްތަކެއް ހުރި ކަމަށްވެސް ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.

ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ،ބިއްލޫރިގަނޑު ތަޅާލީ ރޭ 2:00 ގެ ފެރީއަށް ޓިކެޓު ނުދީ އަރަން އުޅުނު ޒުވާން ފިރިހެނެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް