ކްރިކެޓް ބޯޑުން ކުރިއަށްގެންދިޔަ ރަމަޟާން ކްރިކެޓް ކާނިވަލުގެ ކޮމްޕެނީ ޓޭޕްބޯލް ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން އޯސީސީ އިންވެސްޓްމަންޓް ހޯދައިފި އެވެ.
އިއްޔެ ކުޅުނު ފައިނަލު މެޗުގައި އެ ޓީމު ޗެމްޕިއަންކަން ހޯދީ ޕޭން އޯޝަންއާ ވާދަކޮށް ހަތަރު ވިކެޓުން މޮޅުވެގެންނެވެ.
މި މެޗުގެ ޓޮސް ދިމާވުމުން ޕޭން އޯޝަން ކުޅެން އަރައި އަށް އޯވަރުގެ ތެރޭ ހަތް ކުޅުންތެރިން ނުބައިވެގެން 100 ލަނޑު ހެދި އެވެ. ޖަވާބުގައި އޯސީސީ ކުޅެން އަރާ އަށް އޯވަރުގެ ތެރޭ ދެ ކުޅުންތެރިން ނުބައިވެގެން 103 ލަނޑު ހަދައިގެން މެޗު ކާމިޔާބުކުރި އެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ 133 ލަނޑު ހެދި އޯސީސީގެ ޕިޔާލް އެވެ. އަދި މުބާރާތުގެ އެންމެ މޮޅު އުކުންތެރިއަކަށް ހޮވުނީ ހަވިކެޓް ނެގި ޓީއެމްއޭގެ އަސްވަރު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް