ރިޔޫނިއަންގައި އަންނަ މަހު ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ވާދަކުރާ ގައުމީ ފިރިހެން ވޮލީބޯޅަ ޓީމު އިތުރު ތަމްރީނުތަކަށް ތައިލެންޑަށް ފުރައިފި އެވެ.
ފިރިހެން ޓީމު އިއްޔެ ހެނދުނު ފުރިއިރު، ގައުމީ އަންހެން ޓީމު ވެސް އެގައުމަށް ފުރުމަށް ހަމަޖެހިފައިވެއެވެ. އަންހެން ޓީމު ފުރާނީ މިއަދު ހެނދުނު އެވެ.
މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ފިރިހެން ޓީމާއި އަންހެން ވޮލީ ޓީމު ކުރާ ދަތުރުގައި އެ ގައުމުގެ ޓީމުތަކާ އެކު ތިން މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ.
ފިރިހެން ޓީމުގެ ކޯޗަކީ މިއަހަރު ބަންގްލަދޭޝްގައި ބޭއްވި އޭޝިއަން މެންްސް ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ދެ ވަނަ ހޯދައިދިން ތައިލެންޑުގެ ސުންޓޮން ފޮސީޓާ އެވެ. އަދި އަންހެން ޓީމުގެ ކޯޗަކީ އިބްރާހިމް ޖަލީލް (ޖައްލަ) އެވެ.
އައިއޯއައިޖީގައި ފިރިހެން ޓީމު ވާދަކުރަން ޖެހެނީ ސީސެލްޝް އާއި މަޔޮއްޓޭ އަދި މޮރިޝަޝްއާއެކު ގްރޫޕް އޭގަ އެވެ. އަދި އަންހެން ވޮލީބޯޅަ ޓީމު ވާދަކުރަން ޖެހެނީ ސީޝެލްސް އާއި މަޑަގަސްކަރައާއެކު ގްރޫޕް އޭ ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް