ރައީސް ޔާމީން ބައިބަލާ މުބާރާތް ފައްޓަވައިދެއްވައިފި

ފިތުރު އީދާ ގުޅުވައިގެން ކޮންމެ އަހަރަކު ބައިބަލާ އެސޯސިއޭޝަނުން ބާއްވާ ބައިބަލާ މުބާރާތުގެ މި އަހަރުގެ މުބާރާތް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ރޭ ފައްޓަވައިދެއްވައިފި އެވެ. ކާނިވާ ސަރަހައްދުގައި...

19 Jul 2015 | 06:30

ފިތުރު އީދާ ގުޅުވައިގެން ކޮންމެ އަހަރަކު ބައިބަލާ އެސޯސިއޭޝަނުން ބާއްވާ ބައިބަލާ މުބާރާތުގެ މި އަހަރުގެ މުބާރާތް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ރޭ ފައްޓަވައިދެއްވައިފި އެވެ.

ކާނިވާ ސަރަހައްދުގައި ހުންނަ ބައިބަލާ ކޯޓުގައި ބާއްވާ މިމުބާރާތް ރޭ ފެށިގެންދިޔައިރު، ދައުލަތުގެ ބައެއް ވަޒީރުން ބައިވެރިވި މެޗެއް ވަނީ ކުރިއަށްގޮސްފަ އެވެ.

މިމުބާރާތުގެ ޗެމްޕިއަން ޓީމަށް އެއް ލައްކަ ރުފިޔާ ދެއްވަން ރައީސް ޔާމީން ނިންމަވާފައިވާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ސަރުކާރުން ދެ ލައްކަ ރުފިޔާ ބައިބަލާ އެސޯސިއޭޝަނަށް ހަދިޔާކުރައްވާފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.

މި އަހަރުގެ ބައިބަލާ މުބާރާތުގައި 53 ޓީމެއް ވަނީ ބައިވެރިވެފަ އެވެ. ނޮކްއައުޓް އުސޫލުން ކުޅޭ މުބާރާތުގައި ރޭ 8 މެޗު ކުރިއަށްދިޔައެވެ. މިމުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ޓީސީ ފެޓާނިޓީއާ ކުޑަހެންވޭރު މެންޒޯލާ އެވެ. މިމެޗު ކާމިޔާބުކޮށްފައިވަނީ ކުޑަހެންވޭރު މެންޒޯލާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް