ހުޅުމާލެ އިންޖީނުގޭގެ ފިއުލް ސްޓޯރޭޖް ޓޭންކްތައް ޑިޒައިންކޮށް ފެބްރިކޭޓް ކުރުމުގެ މަސައްކަތް ނިމިއްޖެ

ހުޅުމާލޭ އިންޖީނުގޭ ފިއުލް ސްޓޯރޭޖް ޓޭންކްތައް ޑިޒައިންކޮށް ފެބްރިކޭޓް ކުރުމުގެ މަސައްކަތް ނިމިއްޖެއެވެ. މިކަންހާމަކޮށް މި މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން މިރޭ ބުނީ މި މަޝްރޫއުގެ ދަށުން، ޓޭން...

19 Jun 2025 | 18:13

ހުޅުމާލޭ އިންޖީނުގޭ ފިއުލް ސްޓޯރޭޖް ޓޭންކްތައް ޑިޒައިންކޮށް ފެބްރިކޭޓް ކުރުމުގެ މަސައްކަތް ނިމިއްޖެއެވެ.

މިކަންހާމަކޮށް މި މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން މިރޭ ބުނީ މި މަޝްރޫއުގެ ދަށުން، ޓޭންކްތަކުގައި އިތުރު ފަށަލައެއްލުމުގެ ގޮތުން، ކޮންކްރީޓް ޖެހުމުގެ މަސައްކަތް ފުރިހަމަކޮށްފައިވާ ކަމަށެވެ.

އަދި 2 ފިއުލް ޓޭންކް ހަރުކޮށް ފެބްރިކޭޓް ކުރުމުގެ މަސައްކަތް ފުރިހަމަކޮށްފައިވާ ކަމަށް އެމްޓީސީސީން ބުނެފައި ވެއެވެ.

މި މަޝްރޫއުގެ މަސައްކަތް ނިމުމާއެކު، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ސްޓެލްކޯއަށް ދިމާވަމުންދާ ދަތިތަކަށް ހައްލެއް ލިބި ޚިދުމަތް ދިނުމުގައި އިތުރު ފަސޭހަތަކެއް ލިބޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

ހުޅުމާލެއަކީ ގްރޭޓަރ މާލޭ ސަރަހައްދުގައި އުމްރާނީ އަދި އިގުތިޞާދީ ގޮތުން އެންމެ ކުރިއަރަމުން އަންނަ އެއް ސަރަހައްދެވެ.

ވޭތުވެދިޔަ 44 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ކާމިޔާބުކަމާއެކު ނިންމައިފައެވެ. އެ ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް