ތޮއްޑޫގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ކުޑަ ކުއްޖަކަށް އައިޖީއެމްއެޗްގައި ފަރުވާދެނީ

އއ. ތޮއްޑޫގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ކުޑަ ކުއްޖަކު މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ. ތޮއްޑޫ ބޮޑުމަގުގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލަކުން ދެ އަހަރުގެ ކުއް...

19 Jun 2025 | 16:32

އއ. ތޮއްޑޫގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ކުޑަ ކުއްޖަކު މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ.

ތޮއްޑޫ ބޮޑުމަގުގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލަކުން ދެ އަހަރުގެ ކުއްޖެއްގެ ގައިގާ ޖެހި އެކްސިޑެންޓުވެފައި ވަނީ ރޭ 7:30 ހާއިރު އެވެ.

އެ އެކްސިޑެންޓްގެ ވީޑިއޯ ސޯޝަލް މީޑިގައި އާންމުވެފައި ވާއިރު، އެ ވީޑިއޯ އިން މަގެއް މަތިން ހިނގާފައިދާ ތިން އަންހެނަކު ފެންނައިރު ކުޑަކުއްޖަކު އެމީހުންގެ ކުރީގައި ހުރެގެން ހިނގާފައި ދަނިކޮށް ކުއްލިއަކަށް ބާރު ސްޕީޑުގައި މަގުކޮޅުން އައި ސައިކަލެއްގައި ޖެހި ކުއްޖާ ވަނީ ވިއްސައިގެން ގޮސްފައެވެ.

އަދި އެ ވަގުތު އެ ސަރަހައްދުގައި ހުރި ފިރިހެނަކު ވަގުތުން ކުއްޖާ ނަގައިގެން ދުވެފައި ސިއްހީ މަރުކަޒާއި ދިމާއަށް ދާތަން އެ ވީޑިއޯ އިން ފެނެއެވެ.

ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުން އަންނައިރު މި ހާދިސާގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލު މިހާރު ވަނީ ޓޯކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް