އޮޕަރޭޝަން ކުރަނގީގެ ދަށުން މިހާތަނަށް 151،000އަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު އެއްކޮށްފި

ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ އޮޕަރޭޝަން ކުރަނގީގެ ދަށުން މިހާތަނަށް 151،000އަށްވުރެ ގިނަ ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކުރެވިފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިޙްސާން...

19 Jun 2025 | 05:02

ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ އޮޕަރޭޝަން ކުރަނގީގެ ދަށުން މިހާތަނަށް 151،000އަށްވުރެ ގިނަ ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކުރެވިފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

އިހްސާން މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުންނެވެ.

އެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިހްސާން ވިދާޅުވީ އޮޕަރޭޝަން ކުރަނގީގެ ދަށުން މިހާތަނަށް ކުރެވުނު މަސައްކަތުގެ ތެރެއިން 151،694 ބިދޭސީ މަސައްކަތްތެރިންގެ 10 އިނގިލީގެ ނިޝާން އަދި ފޭޝަލް ރެކޮގްނިޝަންއަށް ބޭނުންވާ ފޮޓޯ ނެގި ޑޭޓާބޭސް އަދާހަމަކޮށްފައިވާ ކަމަށެވެ.

"މީގެ ނަތީޖާއެއްގެ ގޮތުން ޤަވާއިދާ ޚިލާފަށް އުޅުނު ވަރަށް ގިނަ އަދަދެއްގެ ބިދޭސީން ޤަވާއިދުގެ ތެރެއަށް ވަނީ ވަދެފައި" މިނިސްޓަރު ވިދާޅުވިއެވެ.

ހަމައެހެންމެ ރާއްޖެއަށް ބިދޭސީން ގެނެސް، އެމީހުންގެ ވިސާ ފީތައް ނުދައްކާ ހުރި ކުންފުނިތައް އާންމުކުރުމުން އޭގެ ނަތީޖާއެއްގެ ގޮތުން ދައުލަތަށް ގާތްގަނޑަކަށް ނުލިބި ހުރި އެއް ބިލިއަނެއްހާ ރުފިޔާ މިދިޔަ ދޮޅު އަހަރެއްހާ ދުވަސް ތެރޭގައި ދައުލަތަށް ހޯދާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން އިހުސާން ވިދާޅުވީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން މިހާތަނަށް 7549 ބިދޭސީން ރާއްޖެއިން ފޮނުވާލެވިފައިވާ ކަމަށެވެ،

މިގޮތުން އޭގެ ތެރޭގައި ޖިނާއީ ކުށްތަކަށް އަރައިގެންފައިވާ ޑީޕޯޓުކުރެވުނު ބިދޭސީން ވެސް ހިމެނޭ ކަމަށް މިނިސްޓަރު އިހްސާން ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް