އިއްޔެ ބިދޭސީއަކު މަރުވީ ސިނަމާލެ ބްރިޖް ސަރަހައްދުން ނޫން ކަމަށާއި ބިދޭސީއަކު މަރުވީ ތިލަމާލެ ބްރިޖް ސަރަހައްދުން ކަމުގައި ފުލުހުން ބުނެފިއެވެ.
މަރުވެފައިވަނީ ޗައިނާގެ ކޮންސްޓްރަކްޝަން ކޮންޕެނީ، ސީސީސީސީ ސެކެންޑް ހާބާ އިންޖީނިއަރިން ކޮންޕެނީއަށް ނިސްބަތްވާ އިންޑިޔާގެ ފިރެހެނެކެވެ.
އެމީހާ ހޯމަދުވަހުގެ ރޭ ތިލަމާލެ ބްރިޖް ސަރަހައްދުގައި މަސައްކަތް ކުރަން ހުއްޓާ އެނބުރުން އަރައިގެން ވަނީ ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންދެވިފައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ޓްރީޓޮޕާއި ހަވާލާދީ ފުލުހުން ބުނީ އެ މީހާ ހޮސްޕިޓަލަށް ގެންދިޔައި އިރުވެސް ވަނީ މަރުވެފައި ކަމަށެވެ.
އިއްޔެ ފުލުހުން މިކަމާއި ގުޅިގެން ބުނީ، ސިނަމާލެ ބްރިޖް ސަރަހައްދުގައި މަސައްކަތް ކުރަން އުޅުނު ބިދޭސީއަކު މަރުވެފައި ވާ ކަމަށެވެ. މިކަމާއި ގުޅިގެން މިއަދު ފުލުހުން ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނީ މަރުވެފައިވަނީ ތިލަމާލެ ބްރިޖް ސަރަހައްދުގައި މަސައްކަތް ކުރަން އުޅުނު ބިދޭސީއެއް ކަމަށެވެ.
މިކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް