ޤަވާއިދާއި ޚިލާފަށް މީހުން އަރުވައިގެން މާލެއިން އެއާރޕޯޓަށް ދަތުރުކުރަމުން ދިޔަ އުޅަނދެއް ފުލުހުން ޓޯ ކޮށްފިއެވެ.
ފުލުހުުން ބުނީ، ޤަވާއިދާއި ޙިލާފަށް މީހުން އަރުވައިގެން އެއާޕޯޓަށް ދަތުރުކުރަމުން ދިޔައި އުޅަނދެއް ހުއްޓުވާ ޗެކް ކުރި އިރު އެ އުޅަނދަކީ ބީ ޒޯންގައި ރަޖިސްޓަރ ކޮށްފައިވާ އުޅަނދެއް ކަމަށެވެ. ބީ ޒޯންގައި ރަޖިސްޓަރ ކޮށްފައިވާ އުޅަނދު އޭ ޒޯން ގައި ދުއްވުމަކީ މަނާ ކަމެކެވެ.
އެ އުޅަނދުގެ އަހަރީ ފީ ވެސް ވަނީ ހަމަވެފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެހެން ކަމުން ފުލުހުން ވަނީ އެ އުޅަނދަށް ފިޔަވަޅު އަޅައި ޓޯ ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް