މި އަހަރުގެ ފެބްރުއަރީ މަހު ގެއްލިގެން ހޯދަން އިއުލާނުކުރި އަންހެން ކުއްޖަކު އަނެއްކާވެސް ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުން ބުނީ މ. އެނބޫމާގެއާގެ، ޚަދީޖާ ޔަލްވީ (14އ) އާއިލާއަށް ޚަބަރެއް ނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ އެ ކުއްޖާ ހޯދުމޔގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އެންމެ ފަހުން ފެނިފައިވަނީ ޖޫން 14 ވަނަ ދުވަހު، ކަމަށް ޢާއިލާއިން ފުލުހުންނަށް މަޢުލޫމާތުދީފައިވޭ" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ ޔަލްވީގެ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަނަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ 9790163 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް