އަންހެންވެރިންނަށް ޚާއްޞަ "ލިންޖަރީ" އާއި "އަންޑަގާމަންޓްސް" ވިއްކާ "ސޮރީ ބޯއީސް" ފިހާރަ ފަޅާލައިފި

ރޭ މެންދަމު މާފަންނުގައި ހުންނަ  "ސޮރީ ބޯއީސް" ފިހާރައި ގެ ބިއްލޫރިގަނޑު ތަޅާލައި ވައްކަން ކޮށްފިއެވެ. ރޭ3:45 ހާއިރު ފުލުހުންނަށް މި ފިހާރާއިގެ ބިއްލޫރިގަނޑު ތަޅާލައިގެން އުޅޭ ކަމުގެ ރިޕޯޓު ލިބިފައިވާ...

19 Jun 2024 | 06:19

ރޭ މެންދަމު މާފަންނުގައި ހުންނަ  "ސޮރީ ބޯއީސް" ފިހާރައި ގެ ބިއްލޫރިގަނޑު ތަޅާލައި ވައްކަން ކޮށްފިއެވެ.

ރޭ3:45 ހާއިރު ފުލުހުންނަށް މި ފިހާރާއިގެ ބިއްލޫރިގަނޑު ތަޅާލައިގެން އުޅޭ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލައާއި ގުޅިގެން ފުލުހުން ބުނީ އެ ފިހާރައިން ގެއްލިފައިވާ ތަކެތި ވަނީ ހޯދިފައި ކަމަށެވެ.

މި ފިހާރައަކީ އަންހެނުންނަށް ހާއްސަ އަންހެނުންގެ އަންޑާގާރމެންޓްސް ވިއްކުމުގެ ވިޔަފާރީ ކުރާ ފިހާރައެކެެވެ.

ފިހާރަ ބިއްލޫރިގަނޑު ތަޅާލި މައްސަލާއިގައި  އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. މި މައްސަލައާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް