އީސީގެ ރައީސަށް ކޮމިޝަންގެ ގަވާއިދު ނޭނގުމަކީ ކަންބޮޑުވާކަމެއް: ޝުޖާއު

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގަށް އެ ކޮމިޝަންގެ ގަވާއިދު ނޭނގުމަކީ ކަންބޮޑުވެލައްވާކަމެއް ކަމުގައި ޝުޖާއު ހުސެއިން ވިދާޅުވެއްޖެއެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސްކަމަށް ކުރ...

19 Jun 2023 | 18:58

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގަށް އެ ކޮމިޝަންގެ ގަވާއިދު ނޭނގުމަކީ ކަންބޮޑުވެލައްވާކަމެއް ކަމުގައި ޝުޖާއު ހުސެއިން ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސްކަމަށް ކުރިމަތިލައްވާނެކަން އިއުލާނު ކުރައްވާފައިވާ ޝުޖާއު މިހެން ވިދާޅުވީ "ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރަން ދެ ވޯޓު ލިބުމުން ފާސްވިކަމަށް ނިންމުނީ އޮޅުމަކުން ކަމަށް" ފުއާދު އާއި ހަވާލާދީ އަދަދު ނޫހުގައި ޝާއިޢުކޮށްފައިވާ ހަބަރަކާއިއެކު ކުރައްވާފައިވާ ޓްވީޓެއްގައެވެ.

https://twitter.com/alameershujau/status/1670846819683938304

ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ނައިބު ރައީސްކަން ކުރިން ކުރެއްވެވި ޝުޖާއު ވިދާޅުވެފައިވަނީ އީސީގެ ރައީސަށް އީސީގެ އުސޫލުތަކާއި ގަވާއިދުތައް ނޭނގޭ ހާލު ކުރިއަށް އޮތް ރިޔާސީ އިންތިހާބު އިންސާފުވެރިވާނޭކަމާއިމެދުވެސް ސުވާލު އުފެދޭ ކަމަށެވެ. އަދި ކެނޑިޑޭޓުންގެ ހައްގުތައް ކަށަވަރުކޮށް އެ އިންތިހާބަކީ މިނިވަން އިންތިހާބަކަށް ހެދުމަށް ބައިނަލްއަގްވާމީ ކޮމިއުނިޓީއިން އެކަން ކަށަވަރު ކުރުމަށްވެސް ޝުޖާއު އެދިލައްވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް