ރޮޒޭ ރައީސް ނަޝީދަށް: މުރައިދޫގޭގައި އޮންނެވިޔަސް ހެޔޮ، މަޖިލިސް ހިންގިޔަ ދެއްވާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުތަކަށް އައްޑޫ މީދޫ ދާއިރާ ތަމްސީލުކުރައްވާ މަޖިލިސް މެންބަރު ރޮޒައިނާ އާދަމް (ރޮޒޭ)...

19 Jun 2023 | 15:49

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުތަކަށް އައްޑޫ މީދޫ ދާއިރާ ތަމްސީލުކުރައްވާ މަޖިލިސް މެންބަރު ރޮޒައިނާ އާދަމް (ރޮޒޭ) ހޫނު ރައްދެއް ދެއްވައިފިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކުގެ ތެރެއިން އެއް ވާހަކަފުޅަކީ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ، އެމަނިކުފާނުގެ އިތުބާރުގެ މައްސަލައިގެ މުއްދަތު ހަމަވުމުމާއެކު މުރައިދޫގެއިން ނިކުމެވަޑައިގަންވާނެކަމަށް ވިދާޅުވި ވާހަކަފުޅެވެ.

މުރައިދޫ ގޭގައި ރައީސް ނަޝީދު ދިރިއުޅުއްވަމުން ގެންދަވަނީ މަޖިލީހުގެ ރައީސަށާއި އުއްތަމަ ފަނޑިޔާރަށްވެސް ދައުލަތުން ރަސްމީ ގެކޮޅު ހަމަޖެއްސުމަށް ނިންމެވި ނިންމެވުމަށްފަހުގައެވެ.

ރައީސް ނަޝީދު މިއަދު ދެއްކެވި ވާހަކަފުޅަށް ރައްދުދެއްވަމުން ރޮޒޭ ވިދާޅުވީ "މިއުޅެނީކީ މުރައިދޫގެއިން ނިކުމެވަޑައިނުގަންނަވައިގެން ނޫން" ކަމަށެވެ.

"ތިތާ އިންނަވާ، އެކަމަކު 54 މީހުން އިތުބާރެއް ނެތޭ ބުނީމަ މަޖިލިސް ރައީސްގެ މަގާމުން އިސްތިއުފާ ދެއްވާ" ރޮޒޭ ވިދާޅުވިއެވެ.

https://twitter.com/Roxeyna/status/1670813687408648195

ރޮޒޭ އިތުރަށް ވިދާޅުވެފައިވަނީ އިސްތިއުފާ ދެއްވަން ވީ ކަމަށާއި ނޫން ނަމަ ވޯޓު ނަގަން ފުރުސަތު ދެއްވަންވީ ކަމަށެވެ. މިހާރު މި އުޅެނީ މުރައިދޫގެ ނުހިންގިގެން ނޫން ކަމަށާއި މި އުޅެނީ އެމަނިކުފާނާ ހެދި މަޖިލިސް ނުހިންގިގެން ކަމުގައިވެސް ރޮޒޭ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް