އަރބަންކޯގެ ފަރާތުން ވިޔަފާރިވެރިންނަށް ހާއްސަ އޯޕަންޑޭއެއް

އަރބަންކޯއިން ވިޔަފާރިވެރިންނަށް "އަރބަންކޯ ފޯ ބިޒްނަސް"ގެ ނަމުގައި ހާއްސަ އޯޕަންޑޭއެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ. މި އޯޕަންޑޭގެ އެންމެ ބޮޑު އެއް ބޭނުމަކީ އެ ކޯޕަރޭޝަނ...

19 Jun 2023 | 15:36

އަރބަންކޯއިން ވިޔަފާރިވެރިންނަށް "އަރބަންކޯ ފޯ ބިޒްނަސް"ގެ ނަމުގައި ހާއްސަ އޯޕަންޑޭއެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

މި އޯޕަންޑޭގެ އެންމެ ބޮޑު އެއް ބޭނުމަކީ އެ ކޯޕަރޭޝަންގެ ފަރާތުން ވިޔަފާރިތަކަށް ހުރި ފުރުސަތުތައް ދައްކާލުމާއި، އިންވެސްޓަރުން ނުވަތަ ވިޔަފާރިވެރިންނަށް ފަސޭހަކަމާއި އެކު މި ފުރުސަތުތަކަށް ކުރިމަތިލިމުގެ މަގުފަހި ކޮށްދިނުމަށް ކަމަށް އަރބަންކޯއިން ބުނެފައިވެއެވެ. މިގޮތުން، ހުޅުމާލޭގައި އޮފީސް އިމާރާތް ޤާއިމު ކުރުމަށް ހުރި ފުރުސަތުތަކާއި، ތިލަފުށި ފޭސް 2 އިން ބިން ގަތުމަށް ހުރި ފުރުސަތުތަކަށް ހާއްސަކަމެއް މިފަހަރުގެ އޯޕަންޑޭގައި ދެވިގެން ދާނެކަމަށް އަރބަންކޯއިން ބުނެއެވެ.

އަރބަނކޯއިން ބުނީ އެ ކޯޕަރޭޝަންގެ ބިޒްނަސް ޑިވެލޮޕްމަންޓް ޓީމުން، ވިޔަފާރިވެރިންނަށް ހުރި ފުރުސަތުތައް ކިޔާދިނުމާއި، ޕޯޓަލް ބޭނުން ކޮށްގެން މި ޕްރޮޖެކްޓްތަކާއި، ބިން ގަތުމަށް ބޭނުންވާ ފަރާތްތަކަށް ބިޑް ހުށަހެޅުމަށް އެހީތެރިކަން ފޯރުކޮށްދެވިގެން ދާނެކަމެވެ.

"މި ކޯޕަރޭޝަންގެ އަމާޒަކީ ވިޔަފާރިތަކަށް ލުއި ގޮތްތަކެއް ހޯދައިދީ، ވިހާވެސް ގާތުން މަސައްކަތް ކުރުން." އަރބަންކޯއިން ވިދާޅުވިއެވެ.

އަރބަންކޯ ފޯ ބިޒްނަސް ބޭއްވުމަށް ހަމަޖެހިފައި ވަނީ، އަރބަންކޯ އެގްޒިބިޝަން ސެންޓަރުގައި މާދަމާ ހެނދުނު 10:00 ފެށިގެން ރޭގަނޑު 20:00 ގެ ނިޔަލަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް