ފަލަސްތީނުގެ ރެފިއުޖީ ކޭމްޕަށް އިޒްރޭލު ފައުޖުތައް ވަދެގަނެ ހަމަލާދީ ފަސް މީހަކު މަރާލައިފި

ފަލަސްތީނުގެ ޖެނިން ކޭމްޕަށް އިސްރޭލުގެ ފައުޖުތައް ވަދެގަނެ ދޭން ފެށި ހަމަލާތަކެއްގައި ފަސް މީހަކު މަރާލައި 91 މީހަކު ޒަހަމްކޮށްލައިފިއެވެ. މިއަދު ހެނދުނު ދޭން ފެށި އެ ހަމަލާތަކާއި ބަލާ ފާސްކުރުންތަކު...

19 Jun 2023 | 14:52

ފަލަސްތީނުގެ ޖެނިން ކޭމްޕަށް އިސްރޭލުގެ ފައުޖުތައް ވަދެގަނެ ދޭން ފެށި ހަމަލާތަކެއްގައި ފަސް މީހަކު މަރާލައި 91 މީހަކު ޒަހަމްކޮށްލައިފިއެވެ.

މިއަދު ހެނދުނު ދޭން ފެށި އެ ހަމަލާތަކާއި ބަލާ ފާސްކުރުންތަކުގައި ބަޑިއާއި އަތު ބޮމާއި ވިހަ ގޭސް އިޒްރޭލުގެ ފައުޖުތަކުން ބޭނުންކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މަރުވި ފަސް މީހުންގެ ތެރޭގައި ކުޑަކުއްޖަކުވެސް ހިމެނެއެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފައިވާގޮތުގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން 15 އަހަރުގެ އަހްމަދު ސަގްރް ނަމަކަށް ކިޔާ ކުޑަ ކުއްޖަކާއި، އުމުރުން 21 އަހަރުގެ މީހަކާއި، 19 އަހަރުގެ މީހަކާއި 29 އަހަރުގެ މީހެކެވެ. ފަސްވަނަ މީހާގެ ވަނަވަރު އަދި ހާމަކޮށްފައެއް ނުވެއެވެ.

އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ އަލްޖަޒީރާގެ ނޫސްވެރިންނާ ހަވާލާދީ އަލް ޖަޒީރާއިން ރިޕޯޓްކޮށްފައިވާގޮތުގައި ޒަހަމްވި މީހުންގެ ތެރޭގައި ބައެސް ނޫސްވެރިންވެސް ހިމެނެއެވެ. އިޒްރޭލު ސިފައިންގެ ހަމަލާތައް އަމާޒު ކުރަމުން އަންނަނީ އެއެއް މިއެއް ނުބަލާކަމުގައި ސިފަކޮށްފައިވެއެވެ.

އިޒްރޭލުން ބުނެފައިވަނީ ޖެނިން ކޭމްޕަށް ފައުޖު ވަންނަން ޖެހުނީ ދެ މީހަކު ހައްޔަރު ކުރަން އިޒްރޭލު ފުލުހުން ދިއުމުން އެ ފުލުހުންނަށް ކޭމްޕުން ހަމަލާ ދިނުމުންކަމަށެވެ. ހައްޔަރު ކުރަން މަސައްކަތް ކުރާ މީހުންގެ ތެރޭގައި ހަމާސް ލީޑަރުގެ ދަރިއަކު ހިމެނޭކަމަށްވެސް އިޒްރޭލުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް