ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ކުރީގެ ސެނެޓަރ އަހްމަދު ޢާލިބު ގިނަ އަދަދެއްގެ ބަޔަކާއެކު މިއަދު އެމްޑީޕީއާއި ގުޅިވަޑައިގެންފިއެވެ.
ޕީޕީއެމްގެ ކެލާ ދާއިރާގެ ކުރީގެ ރައީސްކަންވެސް ކުރެއްވި ޢާލިބު އެމްޑީޕީއަށް ސޮއިކުރައްވައި ފޯމު ހަވާލުކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ ހާޒިރުގައެވެ.
މިކަން ހާމަކުރަމުން ޢާލިބު ވިދާޅުވެފައިވަނީ އޭނާ އޭނާގެ އާއިލާ އަދި ކުރިން ޕީޕީއެމްގައި ތިބި ގިނަ ބަޔަކާއެކު މިއަދު އެމްޑީޕީއަށް ސޮއިކޮށްފައިވާނެ ކަމަށާއި މިއީ އަދި ފެށުމެއް ކަމަށެވެ. ވަށަފަރާއި ކެލާ ދާއިރާއިން އެމްޑީޕީއަށް އިތުރު އެތައް މެންބަރުންނެއް ހޯއްދަވައިދެއްވާނެ ކަމުގައިވެސް ޣާލިބު ވިދާޅުވެފައިވެއެވެ.
https://twitter.com/MDPSecretariat/status/1670796298428063751
ޣާލިބު ޕީޕީއެމްއިން ކެނޑުނީ މި މަހުގެ 10ވަނަ ދުވަހުގައެވެ. އެދުވަހު ޢާލިބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިވަގުތު އެ ޕާޓީއާއެކު ކުރިއަށްދިއުމަށް އެކަށީގެންވާ ހާލަތެއް އަދި މާހައުލެއް ނެތްކަމަށެވެ.
https://twitter.com/AhmedGhaalib/status/1670796870778593285
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް