އަޅުގަނޑު އިސްތިއުފާ ދިނުމަކީ ގައުމަށް، މަޖިލީހަށް ރަނގަޅު ގޮތެއް ނޫން: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން އިސްތިއުފާ ދެއްވުމަކީ ދިވެހިރާއްޖެއަށާއި ރައްޔިތުންގެ މަޖިލީހަށާއި އަދި ސިޔާސީ ޕާޓީތަކަށްވެސް ރަނގަޅު ގޮތަކަށް ނުވާނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައ...

19 Jun 2023 | 11:34

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން އިސްތިއުފާ ދެއްވުމަކީ ދިވެހިރާއްޖެއަށާއި ރައްޔިތުންގެ މަޖިލީހަށާއި އަދި ސިޔާސީ ޕާޓީތަކަށްވެސް ރަނގަޅު ގޮތަކަށް ނުވާނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ރައީސް ނަޝީދު ވިދާޅުވީ މިހާރު މަޖިލިސް ހުއްޓުމަކަށް އައިސްފައި އޮތް އޮތުން ގެނެވޭނީ ރައީސް ސޯލިހަށް ކަމަށެވެ. އެގޮތުން ހައްލެއްގެ ގޮތުގައި ރައީސް ނަޝީދު ވިދާޅުވީ މަޖިލީހަށް ވައްދާފައިވާ އިތުބާރުގެ ދެ މައްސަލައިގެ ތެރެއިން އެއް މައްސަލަ އަނބުރާ ގެންދިއުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު އަދި މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދިފަހުން މަޖިލިސް ކުރިއަށް ގެންދެވޭ ގޮތެއް ވެފައެއްނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް