މެންބަރު އަފީފްގެ އެދިލެއްވުމަކަށް ރައީސް ބައްދަލުކުރައްވައިފި

ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފްގެ އެދިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އޭނާއާއި ބައްދަލުކުރައްވައިފިއެވެ. ރައީސް އޮފީހުން ހާމަކޮށްފައިވާގޮތުގައި އެ ބައްދަލުވުމަކީ ...

19 Jun 2023 | 08:57

ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފްގެ އެދިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އޭނާއާއި ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުން ހާމަކޮށްފައިވާގޮތުގައި އެ ބައްދަލުވުމަކީ އަފީފްގެ އެދިލެއްވުމަކަށް ކުރިއަށްގެންދިޔަ ބައްދަލުވުމެކެވެ. އެހެންނަމަވެސް އެބައްދަލުކުރެއްވުމާއި ގުޅޭ އެއްވެސް އިތުރު ތަފްސީލެއް ރައީސް އޮފީހުން ހާމައެއް ނުކުރެއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްގޮސްފައިވާއިރު ރައްޔިތުންގެ މަޖިލީހަށް މިހާރު ވައްދާފައިވާ އެ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ގުޅިގެން އެ މަޖިލީހުގެ ރައީސާއި ނައިބު ރައީސް ވަނީ ރިޔާސަތާއި ހަވާލުވުމުގެ ޒިންމާއިން އަމިއްލައަށް ދުރުވެފައެވެ. މިއާއެކު ރިޔާސަތު ބަލަހައްޓަވަމުން ގެންދަވަނީ އަފީފެވެ.

އަފީފް ރިޔާސަތު ބަލަހައްޓަވަމުން ގެންދަވާ ނަމަވެސް މިދިޔަ ހަފްތާގެ އެއްވެސް ދުވަހެއްގައި މަޖިލިސް ރަނގަޅަށް ކުރިއަށް ގެންދެވިފައެއް ނުވެއެވެ.

މަޖިލިސް ކުރިއަށް ނުގޮސް ހުއްޓުމަކަށް އައިސްފައިވާއިރު ސިޔާސީ ވާދަވެރިން އެއް ބަޔަކު އަނެއް ބަޔަކަށް ތުހުމަތުކުރަމުންދިޔަ ނަމަވެސް މަޖިލީހުގެ ތަޅުމުގައި މިހާރުވެސް މުހިންމު ބިލުތަކަކާއި މުހިންމު މައްސަލަތަކެއް އެބަހުއްޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް