ތަޖުރިބާއެއްކޮށް ނަތީޖާ ބެލައި ދާއިމީ ބަދަލަކަށް ދިއުމާއިމެދު ގޮތެއް ނިންމުމަށް، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުން ވަޒީފާއަށް ނިކުންނަ ދުވަސްތަކުގެ އަދަދު، އާއްމު އުސޫލު ދޫކޮށް ހާއްސަ އުސޫލަކަށް ބަދަލުކޮށްލަން ނިންމައިފިއެވެ.
އެގޮތުން އަންނަ ހަފްތާގެ އާދީއްތަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ ހަތަރުވަނަ ދުވަހާއި ހަމައަށް ޕީޖީ އޮފީހުގެ މުވައްޒަފުން ވަޒީފާއަށް އޮފީހަށް ނިކުންނާނީ ހަފްތާގެ ހަތަރު ދުވަހު ކަމަށްމި ވަނީ ނިންމާފައެވެ.
މިކަން އެ އޮފީހުން ކުރިއަށްގެންދަން ނިންމާފައިވަނީ ހަފްތާގެ ފަސް ދުވަހުވެސް އާއްމު ހިދުމަތްތައް ލިބުމުގެ ބުރޫ ނާރާނެފަދަ ގޮތަކަށް މުވައްޒަފުންގެ މެދުގައި ދުވަސްތައް ބަހާލައިގެން ހަފްތާއަކު އެ މުވައްޒަފުން ހަތަރު ދުވަހު ނިކުންނަ އުސޫލުންނެވެ.
މިކަމަކީ ތަޖުރިބާ ކުރުމުގެ ގޮތުން ކުރިއަށްގެންދާ ކަމެއް ކަމަށް ޕީޖީއިން ބުނެއެވެ. އެގޮތުން ތަޖުރިބާގެ ނަތީޖާ ރަނގަޅު ނަމަ މި ބަދަލު ދާއިމީ ކުރާނެ ކަމަށް ބުނެފައިވެއެވެ. އަދި މި ތަޖުރިބާ ގޯސްނަމަ އޯގަސްޓް މަހުގެ ހަތަރަކުން ފެށިގެން ދެން ކުރިއަށްދާނީ މިހާރުވެސް އޮތް ގޮތަށް ކަމުގައިވެސް ޕީޖީ އޮފީހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް