ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިމްތިޔާޒްގެ މައްސަލައެއް މަޖިލީހުގައި ބަހުސްކުރަން ފާސްކޮށްފިއެވެ.
އެ މައްސަލަ ހުށަހެޅުއްވީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފެވެ. އިމްތިޔާޒްގެ މައްސަލަ ހުށަހަޅާފައިވަނީ ނައިބުރައީސްގެ އިތުބާރުގެ މައްސަލަ އެޖެންޑާ ކުރެވި ވޯޓަށް އަހާއިރު ރިޔާސަތުގައި އިންނެވުމަށް ރައީސް ނަޝީދު އިއުތިރާޒު ކުރައްވާފައިވާތީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް ރައީސް ނަޝީދު އަރައިގެންފައިވާކަމަށްބުނެ ހުށަހެޅި މައްސަލައެކެވެ.
މި މައްސަލަ ބަހުސްކުރަން ފާސްވެފައިވަނީ މަޖިލީހުގެ 36 މެންބަރުންގެ ވޯޓުންނެވެ.
މައްސަލައިގެ ބަހުސް ފެށިގެން ކުރިއަށްދާއިރު ނިމިދިޔަ ހަފްތާގައި މަޖިލީހުގެ އެއްވެސް ޖަލްސާއެއް ކުރިއަށް ގެންދެވިފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް