ޓްރީ ޓޮޕް ހޮސްޕިޓަލުން ހައްޖު އަދި އުމްރާ ހެލްތް ސްކްރީނިންގ ޕެކޭޖްތަކެއް ތައާރަފްކޮށްފި

ޓްރީ ޓޮޕް ހޮސްޕިޓަލުން ހައްޖު އަދި އުމްރާ ހެލްތް ސްކްރީނިންގ ޕެކޭޖްތައް ތައާރަފްކުރުން ހައްޖު އަދި އުމްރާގެ ދަތުރުވެރިންނަށް ހާއްސަ ހެލްތް ސްކްރީނިން  ދެ ޕެކޭޖެއް ޓްރީ ޓޮޕް ހޮސްޕިޓަލުން ތައާރަފްކޮށްފި...

19 Jun 2022 | 15:24

ޓްރީ ޓޮޕް ހޮސްޕިޓަލުން ހައްޖު އަދި އުމްރާ ހެލްތް ސްކްރީނިންގ ޕެކޭޖްތައް ތައާރަފްކުރުން

ހައްޖު އަދި އުމްރާގެ ދަތުރުވެރިންނަށް ހާއްސަ ހެލްތް ސްކްރީނިން  ދެ ޕެކޭޖެއް ޓްރީ ޓޮޕް ހޮސްޕިޓަލުން ތައާރަފްކޮށްފިއެވެ.

އެއީ ޕްރިލިމިނަރީ މެޑިކަލް ޗެކްއަޕް އަދި ޕޯސްޓް-މެޑިކަލް ޗެކްއަޕްއެވެ. މި ދެ ޗެކްއަޕް ވަކިވަކިން ފުރިހަމަ ކުރުމުގެ އިހްތިޔާރުވެސް ލިބިވަޑައިގަންނަވާނެކަމުގައި އެ ހޮސްޕިޓަލުން ބުނެއެވެ.

ޓްރީޓޮޕުން މައުލޫމާތުދެއްވާގޮތުގައި މި ޕެކޭޖުގެ މައިގަނޑު މަގްސަދަކީ ހައްޖު އަދި އުމްރާގެ ދަތުރު ފެށުމުގެ ކުރިން އަދި ނިމުމަށްފަހު ފުރިހަމަ ސިއްހަތެއްގައި ހުރިތޯ ފަސޭހަކަމާއިއެކު ބަލައި ޑޮކްޓަރުގެ އިރުޝާދު ހޯދުމެވެ.

ހައްޖުގެ އަޅުކަން އެންމެ ފުރިހަމައަށް އަދާ ކުރުމަށް ދުޅަހެޔޮ ސިއްހަތެއް ހުރިތޯ ބެލުމަކީ މުހިންމުކަމެކެވެ. އަދި ހައްޖުގެ އަޅުކަމަށްފަހު ހައްޖުވެރިން އެނބުރި އަންނައިރު ބަލިފެތުރުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ހައްޖުގެ ދަތުރަށްފަހު ޓެސްޓުތައް ފުރިހަމަކޮށް ޑޮކްޓަރުގެ އިރުޝާދު ހޯދުން  މުހިންމެވެ.

މި ދެ ސްކްރީނިންގެ ޕެކޭޖު ފަރުމާ ކޮށްފައިވަނީ އެޗް.ޕީ.އޭ، ސައުދީ އަރަބިއްޔާ ސަރުކާރު އަދި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފެމިލީ މެޑިސިން ކޮންސަލްޓަންޓް ކަނޑައަޅާފައިވާ މިންގަނޑުތަކަށް ބިނާކޮށްގެން ކަމުގައި އެ ހޮސްޕިޓަލުން ބުނެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ. އެގޮތުން މިހާރުވެސް މި ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ހިދުމަތްތައް ތައާރަފުކުރަމުންނެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3351610 ގުޅުއްވާ ނުވަތަ [email protected]  އަށް އީމެއިލް ކުރެއްވުން އެ ހޮސްޕިޓަލުން އެދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް