އަފްގާނިސްތާނުގެ ކާބުލްގައި ހުންނަ ސިކް ދީނުގެ ފައްޅިއަކަށް އައިއެސްއިން ބޮން އަޅައިފި އެވެ.
މި ހަމަލާގައި ދެ މީހަކު މަރުވި އެވެ. އެއީ އަފްގާންގެ ތޯލިބާން ސަރުކާރުގެ ސިފައިންގެ މީހަކާއި ސިކުންގެ މީހެކެވެ.
މި ހަމަލާގެ ޒިންމާ ނަގައި އައިއެސްއިން ބުނީ އެއީ އިންޑިއާގައި ކީރިތި ރަސޫލާ އާއި އިސްލާމް ދީނަށް ފުރައްސާރަ ކުރުމާއި ގުޅުވައި އަފްގާންގައި ދެވުނު ހަމަލާއެއް ކަމަށެވެ. އަދި އެއީ އިންޑިއާއަށް ދިން އިންޒާރެއް ކަމަށާއި އެފަދަ ހަމަލާތައް ކުރިޔަށް އޮތްތާ ދޭނެ ކަމަށެވެ.
މި ހަމަލާ އަކީ ތޯލިބާން ސަރުކާރާއި އިންޑިއާ ސަރުކާރުން ގުޅުން ބަދަހި ކުރަމުންދާ ކުރުމާއި ގުޅުވައި ދިން ހަމަލާ އެކެވެ. ރިޕޯޓުތައް ބުނާގޮތުގައި ދެ ގައުމުގެ ސަރުކާރުން އެންމެ ފަހުން ކުރި މަޝްވަރާތަކުގައި އިންޑިއާއިން ވަނީ އަފްގާނުގައި ހުންނަ އެ ގައުމުގެ އެމްބަސީ އަލުން ހުޅުވުމަށް މަޝްވަރާ ކޮށްފަ އެވެ.
ކާބުލްގައި ހުންނަ އިންޑިއާ އެމްބަސީ ބަންދު ކުރީ މަޝްރަހު ގޯސްވެ ކުރީގެ ރައީސް އަޝްރަފް ގަނީގެ ވެރިކަން ވެއްޓި ތޯލިބާނުންގެ އަތްދަށަށް އަފްގާނު ދިއުމުންނެވެ.
ތަޖުރިބާކާރުން ބުނާގޮތުގައި އައިއެސްގެ މި އިންޒާރަކީ އަފްގާނުގައި އިންޑިއާ ސަރުކާރަށް ހަމަޖެހިލައިގެން މަސައްކަތް ކުރުމުގެ ފުރުސަތު ނުދޭނެ ކަމުގެ ހެއްކެކެވެ.
ތޯލިބާނުން ވެރިކަމަށް އައި އިސްލާމީ ޝަރީއަތާއި އެއްގޮތަށް އަމަލު ކުރަން ފެށުމުން އިންޑިއާގެ އެހީއަށް އެދުނު އަފްގާންގެ ހިންދޫންނާއި ސިކުންގެ އާއިލާތަކަށް ވަނީ އިންޑިއާގެ ރަށްވެހިކަން ދީފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް