ކުރީގެ މިސްކިތުގައި މީހުން ނުބައިތިއްބަން ފ. ދަރަނބޫދޫ ކައުންސިލުން ނިންމައިފި އެވެ.
މިގޮތަށް ނިންމާފައިވަނީ އެ އިމާރާތުގައި ބިދޭސީންތަކެއް ނިދައި ކައިބޮއެ، ފެންވަރާ ހަދާ މައްސަލަ ފެންމަތިވެ، އެ ކައުންސިލަށް ފާޑުކިޔުން އަމާޒުވާން ފެށުމުންނެވެ. މިކަން ސޯޝަލް މީޑިއާގައި އާންމުންގެ ސަމާލުކަމަށް ގެނައީ މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ.
މިއަދު ދަރަނބޫދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މެއި، 2020 ވަނަ އަހަރުން ފެށިގެން އެ އިމާރާތް ކުއްޔަށް ދޫކުރަމުންދާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
މީގެ ކުރިން އެ އިމާރާތް، 10،000 ރުފިޔާ އަށް ކުއްޔަށް ހިފީ ރަށުގެ ބަނދަރު ހެދުމުގެ މަސައްކަތް ކުރި އެމްޓީސީސީންނެވެ. އެ ކުންފުނީގެ މުވައްޒަފުން ދެ އަހަރު ވަންދެން ތިބުމަށް ފަހު، އެ ތަނުން ދިޔައީ މީގެ ދޮޅުމަސް ކުރިން ކަމަށް ކައުންސިލުން ބުންޏެވެ.
މިހާރު އެ އިމާރާތުގައި ތިބީ ފެނާއި ނަރުދަމާގެ މަސައްކަތްކުރާ އިންޑިއާގެ އެސްއެމްސީ އިންފްރަސްޓްރަކްޗާ ކުންފުނީގެ 15 ވަރަކަށް މުވައްޒަފުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް