ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރަން އިންޑިއާގެ ނޫސްވެރިން ގެނެސްފި އެވެ.
މިއީ ދުނިޔޭގެ އެކި ގައުމުތަކުގައި ރާއްޖެ އިޝްތިހާރު ކުރުމަށް އެމްއެމްޕީއާރުސީން ފަށާފައިވާ މަސައްކަތުގެ ދަށުން ކުރިޔަށް ގެންދާ މަސައްކަތެކެވެ. މީގެ ކުރިން އެހެން ގައުމުތަކުގެ ނޫސްވެރިން ގެނެސްފައިވެ އެވެ.
އެމްއެމްޕީއާރްސީން ބުނީ ރާއްޖެ އައި ޓީމުގައި އިންޑިއާގެ މަޝްހޫރު ބައެއް މީޑިއާތައް ކަމަށްވާ ޓައިމްސް އޮފް އިންޑިއާ އާއި ފައިނޭންޝަލް އެކްސްޕްރެސް އަދި ބީޑަބްލިއު ބިޒްނަސް ވޯލްޑް އަދި އެންޑީޓީވީ ފުޑްގެ އިތުރުން ޓްރެވަލް ޑައިންގެ މެންބަރުން ހިމެނޭ ކަމަށެވެ.
އިންޑިއާގެ މީޑިއާ ޓީމުން ރާއްޖެ އަށް ކުރާ ޒިޔާރާތުގައި ތިބުމަށް ހަމަޖެހިފައިވަނީ ދަ ރެސިޑެންސް މޯލްޑިވްސް އާއި ކުނަމަތި މޯލްޑިވްސް އަދި ނޮކް މޯލްޑިވްސްގަ އެވެ. މި ޓީމުން ދިވެހި ކެއުންތައް ތަޖުރިބާ ކުރުމުގެ އިތުރުން ދިވެހިންގެ މެހުމާންދާރީ ތަޖުރިބާކޮށް ލިޔުންތައް ލިޔާނެ އެވެ.
މި ޓީމުން ރާއްޖޭގައި ހޭދަކުރި ދުވަސްތަކުގައި އެމްއެމްޕީއާރުސީއާއެކު މަޝްވަރާ ކުރެވި އިންޑިއާގައި ރާއްޖެ އިތުރަށް އިޝްތިހާރު ކުރުމާ ބެހޭގޮތުން މަޝްވަރާކޮށްފައިވެ އެވެ.
ރަޝިއާ-ޔޫކްރޭން ހަނގުރާމައާ ގުޅިގެން މިހާރު އިންޑިއާ ވެފައިވަނީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ މާކެޓަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް