އަންނަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީއޭ ގެ ލީޑަރ އަހްމަދު ސިޔާމް މުހައްމަދު ވާދަކުރެއްވުމަށް ނިންމަވައިފިއެވެ.
ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ "މިހާރު" ގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ސިޔާމް، ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވަނީ ރާއްޖެއިން ކޮރަޕްޝަން ނައްތާލައި ހައްގުތައް ކަށަވަރުކޮށްދީ، ހެޔޮވެރިކަމަކާއެކު ފުދުންތެރި ގައުމަކަށް ހަދައިދިނުމަށް ކަމަށެވެ.
އެމްއޭގެ ޑެޕިއުޓީ ލީޑަރު އަލީ މައުރޫފް އާ ހަވާލާދީ އެ ނޫހުގައި ބުނެފައިވަނީ ދެމަސްދުވަހުގެ ތެރޭގައި 10،000 މެމްބަރުން ހަމަކޮށް، ބޮޑު ޖަލްސާއެއް ގައި ކެންޑިޑެސީ އިއުލާންކުރުން އަމާޒު ހިފާފައިވާ ކަމަށެވެ.
ރައްޔިތުންނަށް ޚިދުމަތް ކޮށްދިނުމަކީ ކުޑައިރުއްސުރެ ފެށިގެން ވެސް ސިޔާމްގެ ދަހިވެތިވާ ކަމެއް ކަމަށާއި ޓޫރިޒަމް ދާއިރާގައި ހޯއްދެވި ކާމިޔާބީތަކާއި ސިޔާސީ ދާއިރާގެ 20 އަހަރުގެ ތަޖުރިބާއާ އެކު އޭނާއަކީ ރާއްޖޭގެ ލީޑަރުންގެ ތެރެއިން މިވަގުތު ފެންނާނެ އެންމެ ވަރުގަދަ ލީޑަރު ކަމަށް ނައުރޫފާ ހަވާލާދީ އެ ނޫހުގައި ވަނީ ބުނެފައެވެ.
އެމްޑީއޭގެ އޯޑިނަރީ ކޮންގްރެސް އަންނަ ޖުލައި މަހުގެ 30 ގައި ބޭއްވުމަށް ނިންމާފައިވާއިރު، އެ ޕާޓީގެ ކައުންސިލް ބޮޑުކޮށް، 300 މެމްބަރުން ތިބޭ ގޮތަށް ބަދަލުކުރާނެ ކަމަށާއި އޭރުން ކޮންމެ ރަށެއްގައި ވެސް ކައުންސިލް މެމްބަރަކު ހުންނާނެ ކަމަށް މައުރޫފް ވިދާޅުވިއެވެ.
ރިޔާސީ ރޭހަށް އެ ޕާޓީން ނުކުންނަނީ ވަރަށް ޔަގީންކަމާ އެކުގައި ކަމަށް ވެސް ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް