ވައުދާއި އަހުދަކީ އެކަމާއި ގުޅޭގޮތުން ސުވާލު ކުރެވޭނެ ކަމެއް - ޝައިޚް އަލީ ޒައިދު

ވައުދާއި އަހުދަކީ ޤިޔާމަތް ދުވަހުން އެކަމާއި ގުޅޭގޮތުން ސުވާލު ވެވޭނެ ކަމެއް ކަމަށް ރާއްޖޭގެ މަޝްޙޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ. ޝައިޚް މިހެން ވިދާޅުވީ ސޯޝަލް މީޑިއާ ޕްލެޓް...

19 Jun 2022 | 09:25

ވައުދާއި އަހުދަކީ ޤިޔާމަތް ދުވަހުން އެކަމާއި ގުޅޭގޮތުން ސުވާލު ވެވޭނެ ކަމެއް ކަމަށް ރާއްޖޭގެ މަޝްޙޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޚް މިހެން ވިދާޅުވީ ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމުގައިވާ ފޭސްބުކް ގައި މިއަދު އާންމު ކުރި ސްޓޭޓަސްއެއްގައެވެ.

ޝައިޚް އަލީ ޒައިދު ފޭސްބުކް ގައި އާންމު ކުރެއްވި މި ސްޓޭޓަސްގައި ވިދާޅުވެފައިވަނީ ވައުދާއި އަހުދަކީ އެކަމާއި ގުޅިގެން ޤިޔާމަތް ދުވަހު ސުވާލު ކުރެވޭނެ ކަމެއް ކަމަށާއި ތެދުވެރިކަމާއި އަމާނާތްތެރި ކަމާއި އެކު ވައުދެއް ވެއްޖެ ނަމަ އެ ވައުދެއް ފުއްދުކަމީ މާތްވެގެންވާ އިސްލާމް ދީން ދަސްކޮށްދޭ ގޮތް ކަމަށެވެ.

އަދި ޝައިޚް އިތުރަށް ވިދާޅުވެފައިވަނީ ތިމާ ތެދުވެރި ނުވުމަށް އޮތް އުޒުރަކީ އަނެކާ ކުއްކުރުން ކަމުގައި ދެކުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް