ސަރުކާރުގެ އަމާޒަކީ ހެލްތު ސެންޓަރުތަކުގެ ބަޖެޓު އެ ސެންޓަރަކުން މެނޭޖުކުރެވޭގޮތަށް ބަދަލުކުރުން: ރައީސް

ސަރުކާރުގެ އަމާޒަކީ ހެލްތު ސެންޓަރުތަކުގެ ބަޖެޓު އެ ސެންޓަރަކުން މެނޭޖުކުރެވޭގޮތަށް ބަދަލުކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވެފައި ވ...

19 Jun 2022 | 08:49

ސަރުކާރުގެ އަމާޒަކީ ހެލްތު ސެންޓަރުތަކުގެ ބަޖެޓު އެ ސެންޓަރަކުން މެނޭޖުކުރެވޭގޮތަށް ބަދަލުކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެފައި ވަނީ މިލަދުންމަޑުލު ދެކުނުބުރީގެ ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައި ޞިއްޙީ ދާއިރާގެ ތަރައްޤީގެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިއަދު މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލުގެ އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ހެލްތު ސެންޓަރުތަކުގެ ބަޖެޓު އެ ސެންޓަރަކުން މެނޭކުރެވޭގޮތަށް ބަދަލުކުރެއްވުން ކަމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގެ އިސްވެރިންވަނީ މި ސަރުކާރުން ޞިއްޙީ ދާއިރާއަށް ގެންނެވި ހެޔޮބަދަލުތައް ފާހަގަކުރައްވާފައެވެ.

ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގެ އިސްވެރިން ފާހަގަކުރެއްވި އިތުރު ކަންކަމުގެ ތެރޭގައި ބަޖެޓުގެ ދަތިކަމުގެ ސަބަބުން ކުރިމަތިވާ ދަތިތަކާއި ބޭނުންވާ މިންވަރަށް އިންސާނީ ވަޞީލަތް ހަމަޖެހިފައި ނެތުމާއި އަދި ޞިއްޙީ ދާއިރާގެ ތަރައްޤީއަށް މުހިންމު ކަންކަން ހިމެނެއެވެ.

އަދި ޞިއްޙީ ދާއިރާގެ އިސްވެރިން ފާހަގަކުރެއްވި ކަންކަމާބެހޭގޮތުން ކަމާގުޅޭ ދާއިރާތަކާ މަޝްވަރާކުރައްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް