ބާސާ ދޫކޮށް އެހެން ކުލަބަކަށް ބަދަލުވުމުގެ ވިސްނުމެއް ނެތް – ޑެމްބެލޭ

ކުލަބު ދޫކޮށް ދިއުމުގެ އެއްވެސް ވިސްނުމެއް އަދި ނުގެންގުޅޭ ކަމަށާއި އެފަދަ ނިންމުމެއް ނިންމަން ގާތްނުވާ ކަމަށް ފްރާންސްގެ ބާސާ ތަރި އޮސްމާނޭ ޑެމްބެލޭ ބުނެފިއެވެ. ޑެމްބެލޭ މިހެން ބުނެފައިވަނީ ކުރިޔަށްއ...

19 Jun 2022 | 08:47

ކުލަބު ދޫކޮށް ދިއުމުގެ އެއްވެސް ވިސްނުމެއް އަދި ނުގެންގުޅޭ ކަމަށާއި އެފަދަ ނިންމުމެއް ނިންމަން ގާތްނުވާ ކަމަށް ފްރާންސްގެ ބާސާ ތަރި އޮސްމާނޭ ޑެމްބެލޭ ބުނެފިއެވެ.

ޑެމްބެލޭ މިހެން ބުނެފައިވަނީ ކުރިޔަށްއޮތް ސީޒަނަށް އޭނާ ބާސާ ދޫކޮށް އެހެން ކުލަބަކަށް ބަދަލުވާން އުޅޭކަމަށް ބުނެ މީޑިއާގައި ދެކެވޭ ވާހަކަތާއި ގުޅިގެންނެވެ.

“އަހަރެން އެއްވެސް ކުލަބަކަށް ބަދަލުވުމުގެ ވިސްނުމެއް އަދި ނެތް، ޗެލްސީ އަށް ވިޔަސް އަދި އެހެން ކުލަބަކަށް ވިޔަސް، އަހަރެން މި ކުލަބުގައި (ބާސާ) ގައި މިހުރީ އުފަލުން” ޑެމްބެލޭ ބުންނެވެ.

ޑެމްބެލޭ ބުނީ އޭނާގެ ވިސްނުން ހުރީ އަދިވެސް ބާސާގައި މަޑުކޮށް އެ ކުލަބާއި އެކު ކާމިޔާބީތައް ހޯދަން ކަމަށެވެ. އެހެން އިތުރު ވިސްނުމެއް އަދި ނެތްކަމަށްވެސް އޭނާ ބުންޏެވެ.

ޗެލްސިގެ އިތުރުން ޑެމްބެލޭއަށް ފާރަލާ ޓީމުތަކުގެ ތެރޭގައި ލިވަޕޫލް ހިމެނޭކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. ނަމަވެސް މިއިން އެއްވެސް ކުލަބަކުން ރަސްމީ ސިފައެއްގައި އޭނާ ހޯދުމަށް މަސައްކަތެއް ނުކުރެއެވެ.

ބާސާއާއެކު ޑެމްބެލޭ ހަދާފައިވާ އެއްބަސްވުން މި ސީޒަނަށްފަހު ހަމަވާނެ އެވެ. އެއަށްފަހު އޭނާ ވެގެންދާނީ ފްރީ އޭޖެންޓަކަށެވެ. ނުވަތަ ބޭނުން ކުލަބަކަށް ހިލޭ ބަދަލުވުމުގެ ފުރުސަތު އޭނާއަށް ލިބޭނެއެވެ. ނަމަވެސް ބެލެވޭގޮތުގައި ވަރަށް އަވަހަށް ޑެމްބެލޭ ގެ އެއްބަސްވުން ބާސާއިން އާކުރާނެ އެވެ.

2017 ވަނަ އަހަރު ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމުންޑުން ބާސާއާއި ގުޅުނު ޑެމްބެލޭ މިހާތަނަށް ބާސާގައި ހޭދަކުރި ފަސް ސީނަގުގައި 150 މެޗު ކުޅެދީ 32 ގޯލު ޖަހާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް