އިންޓަނެޓް އެކްސްޕްލޯރާ މަހާނަގަލަށް ބޮޑު ތަރުހީބެއް

ދެކުނު ކޮރެއާއަށް ނިސްބަތްވާ ސޮފްޓްވެއާ އިންޖިނޭރަކު ބިނާކުރި "އިންޓަނެޓް އެކްޕްލޯރާ މަހާނަ ގަލަށް" އިންޓަނެޓުގައި ބޮޑު މަގުބޫލުކަމެއް ލިބިގެން ގޮސްފިއެވެ. ޖުންގ ކީ-ޔަންގ ނަމަކަށްކިޔާ ސޮފްޓްވެއާ އިންޖ...

19 Jun 2022 | 08:00

ދެކުނު ކޮރެއާއަށް ނިސްބަތްވާ ސޮފްޓްވެއާ އިންޖިނޭރަކު ބިނާކުރި "އިންޓަނެޓް އެކްޕްލޯރާ މަހާނަ ގަލަށް" އިންޓަނެޓުގައި ބޮޑު މަގުބޫލުކަމެއް ލިބިގެން ގޮސްފިއެވެ.

ޖުންގ ކީ-ޔަންގ ނަމަކަށްކިޔާ ސޮފްޓްވެއާ އިންޖިނޭރު އޭނާގެ އަމިއްލަ ހަރަދުގައި ހަތަރު ލައްކައަށްވުރެ ގިނަ ޔުއާން (ގާތްގަނޑަކަށް 330 ޑޮލަރު) ހަރަދުކޮށްގެން އެއް މަސް ދުވަހުގެ މަސައްކަތުން ބިނާކުރި އެ މަހާނަގަލުގައި އިންޓަނެޓް އެކްސްޕްލޯރާގެ ލޯގޯ ކަނޑާނަގާފައިވާއިރު އެ މަހާނަ ގަލުގައި ލިޔެފައިވަނީ އިންޓަނެޓް އެކްސްޕްލޯރާ އަކީ އެހެން ވެބް ބްރޯޒާތައް ޑައުންލޯޑްކުރުމުގައި އެހީތެރިވެދިން މަދަދުގާރެެއް ކަމަށެވެ.

އެ މަހާނަގަލުގައި އިންޓަނެޓް އެކްސްޕްލޯރާ ލޯންޗުކުރި ތާރީހު ކަމަށްވާ 1995 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 17 ވަނަ ދުވަހާއި އިންޓަނެޓް އެކްޕްލޯރާ މައިކްރޯސޮފްޓުން ހުއްޓާލި ތާރީހު ކަމުގައިވާ މި މަހުގެ 15 ވަނަ ދުވަސްވެސް ލިޔެފައިވެއެވެ.

މި މަހާނަގަލަށް އިންޓަނެޓްގައި މަގްބޫލުކަން ބޮޑުވެފައިވާއިރު ބައިނަލްއަގްވާމީ ބޮޑެތި މީޑިއާތަކުން މި މަހާނަގަލުގެ ވާހަކަ ވަނީ ކަވަރުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް