އަނުޝްކާ ރާއްޖެއަށް ކުރި ފުރަތަމަ ދަތުރު "ބެސްޓް މެމޮރީސް" އަށްވެއްޖެ!

ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރުމާ މިދިޔަ ހަފްތާގައި ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފަ އެވެ. އޭނާ ޗުއްޓީ ހޭދަ ކުރީ ކޮން ރިސޯޓެއްގައި ކަމެއް ނޭނގެ އެވެ. މި ދަތުރުގައި ފިރިމީހާ ވިރާޓް ކޯލީ އާއި ދަރިފުޅު ...

19 Jun 2022 | 05:47

ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރުމާ މިދިޔަ ހަފްތާގައި ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފަ އެވެ.

އޭނާ ޗުއްޓީ ހޭދަ ކުރީ ކޮން ރިސޯޓެއްގައި ކަމެއް ނޭނގެ އެވެ. މި ދަތުރުގައި ފިރިމީހާ ވިރާޓް ކޯލީ އާއި ދަރިފުޅު ވަމިކާ ޝަރުމާ ކޯލީވެސް ބައިވެރިވި އެވެ.

ޗުއްޓީ ހޭދަ ކުރި އިރު ދެމީހުންވެސް މާ ގިނަ ޕޯސްޓުތަކެއް ސޯޝަލް މީޑިއާގައި ކޮށްފައެއް ނުވެ އެވެ. އެކަމަކު ޗުއްޓީއިން އެނބުރި އިންޑިއާއަށް ދިޔަތާ ފަސް ވަރަކަށް ދުުވަސް ފަހުން އިއްޔެ އަނުޝްކާ ކުރި ޕޯސްޓަކަށް ގިނަ ބައެއްގެ ސަމާލުކަން ދަނީ ލިބެމުންނެވެ.

އެޑިޓްކޮށްފައިވާ އެ ވީޑިއޯގައި ފެންނަނީ ރާއްޖޭގައި ޗޗުއްޓީ ހޭދަ ކުރި އިރު ރިސޯޓުގެ އެކި ސަރަހައްދުގައި އަނުޝްކާ، ވަމިކާ ގޮވައިގެން ބައިސްކަލް ދުއްވާ ތަނެވެ. އޭނާގެ މޫނުމަތިން އުފާވެރިކަން ފެންނަ އިރު ވަމިކާ ބައިސްކަލުގެ ފަހަތުގައި އިންނަ ކުޑަ ގޮނޑީގައި ބައިންދާފަ އިންނާތީ ފެންނަނީ ދެ އަތް އެކަންޏެވެ.

އެ ވީޑިއޯ އާއި އެކު އަނުޝްކާ ބުނެފައިވަނީ އެ ދަތުރަކީ އެންމެ ލޯބިވާ ދެމީހުންނާއި އެކު ކުރެވުނު އެންމެ ހަނދާން ހުންނާނެ ދަތުރު ކަމަށެވެ. އަދި އެ ދަތުރުގެ މަތިން ހަނދާންވާ ކަމަށް ބުނެފައިވެ އެވެ.

https://www.instagram.com/p/Ce870RCFmvI/

އަނުޝްކގެ އާއިލާ ރާއްޖޭގައި ޗުއްޓީ ހޭދަ ކޮށްލަން އައީ އޭނާ ފިލްމީ މަސައްކަތެއްވެސް ފަށާފައި ވަނިކޮށް މެދުތެރެއިންނެވެ. "ޗަކްދާ އެކްޕްރެސް"ގެ ނަން ދީފައިވާ މި ފިލްމަކީ ވަމިކާ ލިބުނު ފަހުން އަނުޝްކާ ފުރަތަމަ ފެންނާނެ ފިލްމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް