ރާއްޖޭގެ ރިސޯޓެއްގައި ސަނީ ލިއޯން އާއެކު ޗުއްޓީ ހޭދަކޮށްގެން އޭނާއާއެކު ޑޭޓަކަށް ދިއުމުގެ ފުރުސަތު

ބޮލީވުޑްގެ ބަތަލާ ސަނީ ލިއޯން އާއި އެކު ރާއްޖެއަށް ޗުއްޓީއަށް އަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ. ސަނީ އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ "ޓްރެޒާ އައިލެނ...

19 Jun 2022 | 05:05

ބޮލީވުޑްގެ ބަތަލާ ސަނީ ލިއޯން އާއި އެކު ރާއްޖެއަށް ޗުއްޓީއަށް އަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

ސަނީ އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ "ޓްރެޒާ އައިލެންޑް ވެކޭޝަން ވިތު ސަނީ ލިއޯން - މޯލްޑިވްސް އެޑިޝަން" ނަމުގަ ކުރިޔަށް ގެންދާ މި ޗުއްޓީ ދަތުރަކީ އިންޑިއާގެ ޓްރެވަލް އެޖެންސީއެއް ކަމަށްވާ "އޭޒް ޔޫ ޕްލޭން" އިން އިންތިޒާމް ކުރާ ކަމެކެވެ. މި ދަތުރުގައި ޗުއްޓީ ހޭދަ ކުރުމުގެ ފުރުސަތު ދެނީ ރާއްޖޭގެ ޓޫރިސްޓު ރިސޓޯޓެއްގައި އެވެ.

އެ ރިސޯޓަކީ  ރެޑިސަން ބްލޫ ރިސޯޓް މޯލްޑިވްސް އެވެ. ސަނީ ބުނީ ފުރުސަތު ދިނުމަށް. ލިމިޓެޑް ސްލޮޓްގެ ގޮތުގައި ދޫކުރާ، 100 ލަގްޒަރީ ވިލާ އެ ރިސޯޓުން ވަނީ ހަމަޖައްސައިފަ އެވެ. އެކަމަކު، ޗުއްޓީއަށް މީހުން ހޮވުމުގައި ބަލާނީ ކޮން ކަންކަމަކަށް ކަމެށް ބުނެފައެއް ނެތެވެ.

މިދަތުރުގައި ބައިވެރިވާ މީހުންނަށް ސަނީ ލިއޯންގެ އިތުރުން  އެހެން ސެލެބްރީޓިންނާއި އާޓިސްޓުންނާ ބައްދަލުކޮށްލުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށެވެ.

https://www.instagram.com/p/Ce78KEXjAeU/

އެ ދަތުރުގައި އޮންނާނެ އިވެންޓްތައް

- ސަނީ ލިއޯނާ އެކު އިރުއަރާ ގަޑީގައި ޔޯގާކުރުން.

- ބީޗް ގޭމްސް އާއި ސަނީ ލިއޯނާ ހަމަޖައްސާ ޗެލެންޖުތައް.

- މޮޅުވާ މީހަކަށް ސަނީ ލިއޯނާ އެކު ކޮފީ ޑޭޓަކަށް ދާން ފުރުސަތު.

ޖުމްލަ ހަތަރު ދުވަހުގެ އެ ދަތުރު އޮންނާނީ އަންނަ ސެޕްޓެމްބަރު މަހު 16 އިން 19 އަށެވެ.

އެ ދަތުރުގެ ރާއްޖޭގެ ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވާނީ ރާއްޖޭގެ ޓޫރިޒަމް މާކެޓްކުރާ "ވިޒިޓް މޯލްޑިވްސް" އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް