އިދިކޮޅު މައި ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ކައުންސިލުން ހުސްވެފައިވާ 12 ގޮނޑިއަށް 12 ބޭފުޅަކު އިންތިހާބުކޮށްފިއެވެ.
12 ބޭފުޅަކު އިންތިހާބުކޮށްފައިިމިވަނީ ރޭގައި ބޭއްވި އިންތިހާބުގައެވެ. މި 12 މަގާމަށް 86 މީހަކު ކުރިމަތި ލިއެވެ.
ކައުންސިލަށް އަލަށް އިންތިހާބުވި 12 ބޭފުޅުންނަކީ
- އަބްދުﷲ ނާޒިމް އިބްރާހިމް
- ތާރިގް އިބްރާހިމް
- މުހައްމަދު އަމީން (ކެޕްޓަން އަމީން)
- ޑރ. ޖިހާދު
- މުހައްމަދު އަބްދުލްކަރީމް (ރުކުމާ)
- ހަމްދާން ޝަކީލް
- އަހްމަދު އައިފާން
- ޑރ. މުހައްމަދު ޝާފިއީ އަބްދުލްމުންނިމް
- އަހްމަދު މުހައްމަދު ވަހީދު
- މުހައްމަދު ވަޖީހު އިބްރާހިމް
- މުހައްމަދު މަލީހް ޖަމާލް
- އިބްރާހިމް ރައްޒާން (ޓަކީ)
ރޭ ކުރިއަށްދިޔަ މި އިންތިހާބުގައި އެންމެ ގިނައިން ވޯޓު ހޯއްދެވީ ކުރީގެ ހެލްތު މިނސްޓަރު ނާޒިމް އެވެ. އޭނާއަށް 43 ވޯޓު ލިބިލެއްވިއިރު ދެވަނައަށް އެންމެ ގިނަ ވޯޓު ލިބިލެއްވީ ކުރީގެ މިނިސްޓަރު ތާރިގަށެވެ. ތާރިގަށް 42 ވޯޓު ލިބިފައިވެއެވެ.
ކައުންސިލަށް 12 މެންބަރަކު ހޮވާފައިވާއިރު އަންހެނުންނަށް ހާއްސަ ފަސް ގޮނޑިއަށްވެސް ފަސް މެންބަރަކު ރޭގައި އިންތިހާބުކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް