މާލެ ސަރަހައްދުން 54 މީހުނާއެކު، މިއަދު ފައްސިވި މީހުންގެ ޖުމްލަ 211 އަށް

ފާއިތުވި24 ގަޑިއިރު، ރާއްޖެއިން ކޮވިޑްއަށް ފައްސިވެފައި ވަނީ 211 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ފައްސިވި 54 މީހުންނާއި ...

19 Jun 2021 | 17:05

ފާއިތުވި24 ގަޑިއިރު، ރާއްޖެއިން ކޮވިޑްއަށް ފައްސިވެފައި ވަނީ 211 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ފައްސިވި 54 މީހުންނާއި އަތޮޅުތެރެއިން ފައްސިވި132 މީހުންގެ އިތުރުން ރެސޯޓްތަކުން ފައްސިވި25 މީހުނެވެ.

މިއަދު ކޯވިޑަށް ޓެސްޓުކޮށްފައިވަނީ 3،415 ސާމްޕަލެވެ.

މިވަގުތު ކޯވިޑަށް ފަރުވާ ދެމުން ދަނީ 5،403 މީހުުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ތިބީ 46 މީހުންނެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު މިއަދު ވަނީ 66،090 އަށް އަރާފައި އެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑްގައި މަރުވި މީހުންގެ އަދަދަކީ 205 އެވެ.

މިއަދުގެ ނިޔަލަށް ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 71،709 އަށް އަރާފައި އެވެ.

https://twitter.com/HPA_MV/status/1406295749004980229

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް