ކުރީގެ ބައިވެރިޔާ މެސެޖް ކުރޭތަ؟ މިހިރީ އޭގެ ސަބަބުތައް!

ގުޅުން ނިންމާލުމުން ވެސް ކުރީގެ ބައިވެރިޔާ މެސެޖު ކުރާނީ ސަބަބުތަކެއް ހުރެގެންނެވެ. އެދުމެއް ނެތި ވެދުމެއް ނުކުރާނެ ނޫން ހެއްޔެވެ؟ ދިރިއުޅުމާއިގެން ކުރިއަށްދާއިރު، ކުރީގެ ލޯބިވެރިޔާ މެސެޖެއް ކޮށްފިނަމ...

19 Jun 2021 | 16:42

ގުޅުން ނިންމާލުމުން ވެސް ކުރީގެ ބައިވެރިޔާ މެސެޖު ކުރާނީ ސަބަބުތަކެއް ހުރެގެންނެވެ. އެދުމެއް ނެތި ވެދުމެއް ނުކުރާނެ ނޫން ހެއްޔެވެ؟

ދިރިއުޅުމާއިގެން ކުރިއަށްދާއިރު، ކުރީގެ ލޯބިވެރިޔާ މެސެޖެއް ކޮށްފިނަމަ އެންމެ ފުރަތަމަ ވެސް ހިތަށް އަރާނީ، 'މިހާރު މީނަ ބޭނުންވެގެން މިއުޅެނީ ކޮންކަމެއް' ބާވައެވެ. އެހެންކަމުން ކުރީގެ ލޯބިވެރިޔާގެ މެސެޖެއް ލިބިއްޖެ ނަމަ، އެ މެސެޖް ފޮނުވީ ކޮން މުނާސަބަތަކާ ގުޅިގެން ތޯ ބަލާށެވެ.

މެސެޖުގައި ވަނީ 'ހައި' ޖަހާލާފައި ނޫނީ ކަމަކަށް މަރުޙަބާ ކިޔާފައި ހެއްޔެވެ؟ އެކު މުނާސަބަތާ ގުޅިގެން ކުރާ މެސެޖުގެ މާނަ ތަފާތު ވެއެވެ.

ކުރީގެ ލޯބިވެރިޔާ މެސެޖު ކުރަނީ އާއްމުގޮތެއްގައި، ރުޅިވީ އޭނާކަމަށް ވާނަމަ އެވެ. އެހެންކަމުން ތިބާއާއެކު ރީތިކޮށް ވާހަކަ ދައްކާލައި، އަލުން އެކުވެރިކަން ބޭއްވުމަށްޓަކައިވެސް މެސެޖް ކޮށްފާނެއެވެ. ނުވަތަ ރުޅިވެނުނު މޮޔަ ހީވުމުން ވެސް އަލުން މެސެޖް ކުރަން މަގުފަހިވެއެވެ. އެއީ ގުދުރަތީގޮތުން އަންނަ އިޙުސާސެކެވެ.

ބައެއްފަހަރަށް، އަންނަ ރުޅީގައި ނުވަތަ ކަމަކާ ގުޅިގެން ގުޅުން ނިންމާލާއިރު، ދެމީހުންގެ ދެމެދުގައި ދެކެވި ނިމެންވާ ވާހަކަ ހުރެއެވެ. އަދި ގުޅުން ނިންމާލިއިރު އެ ވާހަކަތައް ދެކެވިފައި ނުވާނަމަ، ދެމީހުން ވަކިވެ ދުވަސްތަކެއް ފާއިތު ވުމަށްފަހުގައި ވެސް ކުރީގެ ބައިވެރިޔާ މެސެޖު ކުރެއެވެ. ސަބަބަކީ ނުނިމި ހުރި ކަމެއް ނުވަތަ ދައްކަން ޖެހޭ، ނުދެއްކި އޮތް ވާހަކައެއް ދައްކާ ނިންމުމަށެވެ.

ބައެއް ފަހަރަށް، ކުރީގެ ލޯބިވެރިޔާ ތިބާ އަލުން ޙަޔާތަށް ގެންދަން ބޭނުންވުމުން ވެސް މެސެޖް ކުރެއެވެ. އަދި އެކަން ސީދަލަށް ބުނަން ވެސް ބުނެއެވެ. ނުވަތަ ދުރުދުރުން ފެށުން ވެސް އެކަށީގެންވެއެވެ. އެހެންކަމުން ކުރީގެ ބައިވެރިޔާ މެސެޖް ކޮށްފިނަމަ، އޭނާގެ މަޤްޞަދަކީ ކޮބައިތޯ ސާފު ކުރުން މުހިންމެވެ.

ތިބާ ގުޅުމެއް ނިންމާލި ނަމަވެސް، އެއީ ހަގީގަތުގައިވެސް ތިބާ ބޭނުންވާ ގޮތްތޯ ބައިވެރިޔާއަށް ސާފު ނުވާނަމަ އަލުން މެސެޖް ކުރެއެވެ. ތިބާ ކުރާ ކަމަކުން ނުވަތަ ބުނާ ބަހަކުން، ތިބާ އަދިވެސް އޭނާ ބޭނުންވާކަން އޭނާއަށް ޝައްކުވާނަމަ، އެކަން ޔަގީންކުރަން މެސެޖް ކުރުން އެކަށީގެންވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް