ތިން ކޮޓަރީގެ ފްލެޓެއްގައި 39 މީހުން އުޅޭތީ ފުލުހަށް ރިޕޯޓްކޮށްފި!

ޝެންހާއީގައި ތިން ކޮޓަރީގެ ފްލެޓެއްގައި 39 މީހުން އުޅެނިކޮށް، އަވައްޓެރި ބަޔަކު އެކަން ފުލުހަށް ރިޕޯޓްކޮށްފި އެވެ. ކޮވިޑްގެ މި ހާލަތުގައި ގިނަ ގައުމުތަކުގައި ދިރިއުޅުމުގެ ހާލަތަށް ބަދަލު އަހިސްފައިވާ ...

19 Jun 2021 | 16:01

ޝެންހާއީގައި ތިން ކޮޓަރީގެ ފްލެޓެއްގައި 39 މީހުން އުޅެނިކޮށް، އަވައްޓެރި ބަޔަކު އެކަން ފުލުހަށް ރިޕޯޓްކޮށްފި އެވެ.

ކޮވިޑްގެ މި ހާލަތުގައި ގިނަ ގައުމުތަކުގައި ދިރިއުޅުމުގެ ހާލަތަށް ބަދަލު އަހިސްފައިވާ މި ދަނޑިވަޅުގައި، ޗައިނާގެ އެއް އެޕާޓްމެންޓެގައި39 މީހުން އުޅޭ ކަމުގެ ރިޕޯޓްކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ.

މި އެންމެން ދިރިއުޅެމުން ގޮސްފައި ވަނީ90 ސްކޮޔަރ މީޓަރ (969 ސްކޮޔަ ފޫޓް) ގެ އެޕާޓްމެންޓެއްގައި ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

ޝެންހާއީގެ ލޯކަލް މީޑިޔާއެއް ކަމުގައިވާ ކަންކާނިއުސް ގައި ރިޕޯޓްކޯށްފައިވާ ގޮތުގައި، އެެ އެޕާޓްމަންޓްގެ ލިވިންގް ރޫމްގައި ދެބުރި އެނދުގެ16 އެނދު ބަހައްޓާފައި ހުރެއެވެ.

އެ އެޕާޓްމަންޓްގެ ވެރިމީހާ ވަނީ ސަން ނަމަކަށް ކިޔާ މީހަކަށް އެ އެޕާޓްމަންޓް ކުއްޔަށް ދީފައެވެ. އެހެންކަމުން ކޮންމެ އެނދަކަށް ވަކި ވަރެއް ކަނޑައަޅައިގެން އެތާނގައި ގިނަ މީހުންތަކެއް ބޭތިއްބީ ސަން އެވެ.

މިދިޔަ ހަފްތާގެ ތެރޭގައި އެތަނުގެ ވާހަކަ ފުލުހަށް ރިޕޯޓްކޮށްފައި ވަނީ އެ އެޕާޓްމަންޓް ކައިރީގައި ދިރިއުޅޭ އެހެން ބައެކެވެ. ފުލުހުން ވަނީ އެ އެޕާޓްމަންޓް އަށް ގޮސް، އެމީހުން އެ އެޕާޓްމެންޓުން ދިއުމަށް އަންގާފައެވެ.

އެނގިފައިވާ ގޮތުގައި އެތާގައި އުޅޭ ގިނަ މީހުންނަކީ، ކައިރި ރެސްޓޯރެންޓް ތަކުގައި މަސައްކަތް ކުރާ މީހުންނެވެ. ގިނަ ވަގުތު މަސައްކަތް ކުރުމަށްފަހު، އެމީހުން ނިދަން އެޕާޓްމަންޓްއަށް ދަނީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް