ނަފުރަތުގެ ބިލް ފާސްކުރުމަށް ޕެޓިޝަނެއްގައި ސޮއިކުރުމަށް، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
ބިލާ އެއްކޮޅަށް ޕެޓިޝަނެއްގައި ސޮއިކުރުމަށް ނަޝީދު ގޮވާލައްވާފައި މިވަނީ، ބިލާ ދެކޮޅަށް ރާއްޖޭގެ ގިނަ އަދަދެއްގެ ދީނީ ޢިލްމުވެރިން ސޮއިކުރައްވާ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާށް ސިޓީއެއް ހުށަހަޅާފއި ވަނިކޮށެވެ.
އަދި ގިނަ އަދަދެއްގެ ކައުންސިލުން ވެސް ވަނީ މި ބިލާ ދެކޮޅަށް ނޫސްބަޔާން ނެރިފައެވެ.
https://twitter.com/MohamedNasheed/status/1406165666546155526
އެ ބިލަކީ ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހިސާން ހުސެއިން ހުށަހެޅުއްވި “ނަފްރަތުގެ އަމަލު ހިިންގުން” ކުށަކަށް ހެދުމަށް ޤާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ ބިލެވެ.
މި ބިލް ފާސްކުރަން، އާއްމު މީހަކު ހަދާފައިވާ ޕެޓިޝަނެއް އެންޑޯޒްކޮށް، ނަޝީދުގެ އަމިއްލަ ޓުވިޓަރ އެކައުންޓުގައި ވަނީ ހިއްސާކޮށްފައެވެ. އޭގައި ވަނީ، 'ލާދީނީ' އޭ ކިޔުން ހުއްޓުވަން ޖެހޭ ކަމަށާއި، އެކަން ނުހުއްޓުވުމުގެ ސަބަބުން މީގެ ކުރިންވެސް އެތަކެއް ހާދިސާތައް ހިނގާފައި ވާ ކަމަށެވެ.
އަދި މިދިޔަ މަހުގެ ތެރޭގައި ރައީސް ނަޝީދަށް ދިން ހަމަލާއަކީ ވެސް އޭގެ މިސާލެއް ކަމަށާއި، ވޭތުވެދިޔަ10 ވަރަކަށޤ އަހަރު ތެރޭގައި އެފަދަ އެތައް ކަމެއް ހިނގާފައިވާ ކަމަށެވެ.
ނަފްރަތުގެ ބިލު އަނބުރާ ގެންދިއުމަށް އެދި 101 އިލްމުވެރިން ސޮއިކުރައްވާ، ޢިލްމުވެރިންގެެ ޖަމުއިއްޔާގެ ފަރާތުން ރައީސަށް ހުށަހެޅި ޕެޓިޝަންގައި ވަނީ، ޤާނޫނުލް އުގޫބާތުގެ 124 ވަނަ މާއްދާއަށް އިތުރު އިތުރު ކުރުމަށް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ނަފުރަތުގެ ބިލުގެ ސަބަބުން މުޖުތަމައުގައި އިސްލާމް ދީނާ ދެކޮޅަށް ހިންގާ ބޮޑެތި މުންކަރައިތަކާއި ގުޅިގެން އެކަންކަމަކީ ނުރަނގަޅު ގޯސް ކަންތައްތައް ކަމާއި އެކަންކަމުގެ ތެރެއަށް ނުވަނުމަށް ގޮވާލައި އާއްމުން ހޭލުންތެރި ކުރުމަށް ދީނީ އިލްމުވެރިންނާއި އެނޫން އާއްމު ރައްޔިތުންނަށް ހުރަސް އެޅި ބަންދުވެގެން ދާނެ ކަން ފާހަގަ ކުރެވޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް