ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާމެ މެމްބަރު އަހުމަދު އީސް ގެވެށި އަނިޔާކުރާކަމަށް ބުނެ، އޭނާގެ ކުރީގެ އަނބިމީހާ އަސްރާ ނަސީމް އީސައާ ދެކޮޅަށް ބަޔާން ދީ، އަދި އެ މައްސަލައިގެ ޝަރީޢަތް ފަށަން ތާވަލް ކޮށްފައި ވަނިކޮށް، ދައުވާ ކުރިއަށް ނުގެންދިއުމަށް އަސްރާ ނަސީމް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުގައި އެދިއްޖެއެވެ.
މި މައްސަލައިގައި އެންމެ ގިނަބައެއްގެ ދޫމައްޗަށް އައީ، މީގެ ކުރިން، މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހީމް ބުނެފައިވާ ބުނުމެކެވެ. އަންހެނަކު ކޮންމެފަދަ ދޮގެއްވެސް ހަދާފާނެ ކަމުގައި ޤާސިމް އޭރު ބުނެފައި ވެއެވެ.
“މިފަދަ ލޯބިވާ ކުއްޖަކާމެދު އެފަދަ އަމަލެއް ހިންގާފާނެ ކަމަށް ގަބޫލުކުރަން ދަތި، އަންހެނަކު ހަދާފާނެ ކޮންމެ ފަދަ ދޮގެއްވެސް (އަދި ފިރިހެނުންވެސް) ވީމާ ތަހުގީގު ކުރަންވާނީ ވަރަށް އިންސާފުވެރިކަމާއެކު ކަމަށް ދެކެން.” ގާސިމް ވިދާޅުވެފައިވެއެވެ.
ގާސިމްވެ އެ ބުނުމަށް އޭރު ގިނަ ބަޔަކު މީސްމީޑިޔާގައި ގާސިމަށް މަލާމާތްކޮށް، ގާސިމް 'ސައިޒް' ކޮށްލިއެވެ. ނަމަވެސް މިއަދު އަސްރާގެ ސިޓީގެ ސަބަބުން ކޮންމެ މީހެއްގެ ދޫމައްޗަށް ވެސް އަންނަނީ ގާސިމް އެދުވަހު ބުނި ބަހެވެ.
ޕީޖީ އޮފީހަށް އަސްރާ ފޮނުވި ސިޓީގައި ވަނީ، އީސައާ ދެކޮޅަށް މައްސަލަ ހުށަހެޅީ، އީސަ ހިލޭ އަންހެނަކާ ގާތް ގުޅުމެއް ބާއްވާކަމަށް ތުހުމަތުކުރެވިގެން ކަމަށެވެ. އަދި ފުލުހަށް ބަޔާން ދިނީ، ޖަޒުބާތުގައި ޖެހިގެން ކަމަށް އަސްރާ ބުނެފައި ވެއެވެ.
އަދި އެންމެ ފަހުން ފުލުހުންނަށް ދިން ބަޔާނުގައި، ކަން ވީގޮތް އޮޅުންފިލުވައިދިނިން ކަމަށާއި މައްސަލަ ހުށަހަޅައި ފުރަތަމަ ދިނީ ސައްހަ ބަޔާނެއް ނޫން ކަމަށް އަސްރާ ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް