ވަރަށް އަވަހަށް ގިވްއަވޭއެއް ދޭން ވިސްނާކަމަށް މަޝްހޫރު ފިލްމީތަރި މަރިޔަމް އައްޒަ ބުނެފިއެވެ.
އައްޒަ މިހެން ބުނެފައިވަނީ، ބެލުންތެރިން ބޭނުން ސުވާލެއް ކުރުމަށް ހުޅުވާލި ފުރުސަތުގައި، ގިވްއަވޭއެއް ދޭން ނުވިިސްނަންތޯ ބެލުންތެެރިއަކު އެހި ސުވާލަކަށް ޖަވާބު ދެމުންނެވެ. ނަމަވެސް ގިވްއަވޭ ދޭނެ އިރެއް އައްޒަ ބުނެފައެއް ނުވެއެވެ.
ނަމަވެސް ވިސްނާލަން ވީ ކަމަކީ، ގިވްއަވޭއެއް ފެނުނު ނަމަވެސް، އެއީ ޙަޤީޤަތުގައިވެސް އައްޒަގެ ގިވްއަވޭއެއްކަން ޔަޤީންކުރުމެވެ. ސަބަބަކީ މަޝްހޫރު މީހުންގެ ނަމުގައި މަކަރާއި ހީލަތުން، އޮޅުވާލައިގެން އެކި ފަރާތްތަކުން ފޭކް ގިވްއަވޭ ދޭނެކަމަށް ބުނަމުން ދާތީއެވެ.
މަޝްހޫރު ފިލްމީ ދެތަރިން ކަމަށްވާ ޢާއިޝަތު ރިޝްމީ އާއި މަރިޔަމް އައްޒަ އަށްވެސް އެދެމީހުންގެ ސަޕޯޓަރުން އެކި ސުވާލުތައް އަމާޒު ކުރުވިއެވެ. އޭގެ ތެރެއިން ދެ ތަރިން ކައިރީގައިވެސް އަހާފައިވާ ސުވާލަކީ، މި ދުވަސްކޮޅު ރިޝްމީ، އައްޒަމެން ގޭގައި އުޅެނީ ކީއްތޯއެވެ.
އެ ސުވާލުގެ ޖަވާބުގައި ރިޝްމީވެސް ބުނެފައި ވަނީ، އޭނާ އެގެއަށް އެއްކޮށް ބަދަލުވީ ނޫން ކަމަށާއި، 'ވިޒިޓް' އަކަށް ދުވަސްކޮޅަކަށް ޖައްސާލީ ކަމަށެވެ.
ހަމަ އެސުވާލު އައްޒައާވެސް ކުރިމަތި ކޮށްފައި ވެއެވެ. އައްޒަ ބުނެފައި ވަނީ އެއީ އާއިލާއާއެކުގައި ވަގުތުކޮޅެއް ހޭދަކުރުމަށް ކަމަށެވެ. އަދި ލޮކްޑައުންގައި، އާއިލާ އެކުގައި 'ކޮލިޓީ' ވަގުތުކޮޅެއް ހޭދަކޮށްލުމަށް ކަމަށް އައްޒަ ބުނެފައި ވެއެވެ.
ރިޝްމީއާއި ރަވީ ދިރިއުޅެނީ ހުޅުމާލޭގައެވެ. އައްޒަ ދިރިއުޅޭނީ އެމީހުންގެ މަންމައާއެކުގައި ވިލިނގިލީގައެވެ.
އެގެއަށް ރިޝްމީ ގޮސް އުޅޭއިރު، އާއިލާ އެކުގައި ހޭދަކުރާ ވަގުތު ކޮންމެވެސް ވަރަކަށް ސަޕޯޓަރުންނާ ހިއްސާކުރެއެވެ. އެގޮތުން ރިޝްމީއާއި އައްޒަ އޮއްވަޅުގަނޑު ކުޅެން ތިބޭތަކުގެ ވީޑިއޯކޮޅެއް ވެސް މީސްމީޑިޔާއަށް ދޫކޮށްލާފައި ވެއެވެ.
މީގެ އިތުރުން އާއިލާ އެކުގައި ކަރޯކޭ ޖެއްސުމާއި، ކެއުމުގެ ފޮޓޯތަކާއި ވީޑިއޯތައް ވެސް ދެ ތަރިން ހިއްސާކޮށްފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް