އެމްއެމްޕީއަރުސީގެ ބޮޑު ހިޔާނާތާއި ގުޅިގެން ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް ދައުވާކޮށްދޭން ފޮނުވި މައްސަލައިގަ ފުރިހަމަ ނުވާކަމަށް ޕީޖީ އޮފީހުން އެންގުމުން މަހުލޫފު ރުޅިގަދަ ވެއްޖެ އެވެ.
އޭސީސީން ދައުވާ ކޮށްދޭން އެދުނު މައްސަލައިގަ ބައެއް ކަންކަން ފުރިހަމަ ނުވާކަމަށް ޕީޖީ އޮފީހުން އޭސީސީއަށް އެންގީ އިއްޔެ އެވެ. ޕީޖީ އޮފީހުން ބުނީ މައްސަލަ އަނބުރާ ފޮނުވާނުލާ ކަމަށާއި ކުރިންވެސް ރަނގަޅު ކުރަން ބުނެފައިވާ ބައެއްކަންކަން ރަނގަޅު ކުރަން އެންގީ ކަމަށެވެ.
މިކަމާއި ގުޅިގެން މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭސީސީން އެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވިކަން ހާމަ ކުރީ ބޮޑު ބަޔާނެއް ނެރެފައި ކަމަށެވެ. އެކަމަކު އަނބުރާ ކަންކަން އިސްލާހު ކުރަން ފޮނުވުމުން އޭސީސީން އެއްވެސް އެއްޗެއް ނުބުނެ ތިބީ ހަނު ކަމަށެވެ.
މަހުލޫފު ވިދާޅުވީ ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ނުކޮށް މިއީ ކުޅޭ ކުޅިވަރަކަށް ނުހެދޭނެ ކަމަށެވެ. އަދި އޭނާ އަކީ އޭސސީސީގެ ރައީސް މަރިޔަމް ޝިއުނާ ކުޅެން ގެންގުޅޭ ބޯޅައެއް ނޫން ކަމަށް މަހުލޫފު ވިދާޅުވި އެވެ.
މަހުލޫފު ވަނީ މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރަން ނޭނގޭ ނަމަ އިސްތިއުފާ ދެއްވުމަށް ޝިއުނާއަށް ގޮވާލައްވާފަ އެވެ.
https://twitter.com/AhmedMahloof/status/1406133583928991748
މަހުލޫފުގެ ައްސަލައިގަ އޭސީސީން ބުނީ އެމްއެމްޕީއާރުސީގެ ފައިސާއިން 33،000 ޑޮލަރު އެސްއޯއެފްގެ އެކައުންޓުން މަހުލޫފަށް ފޮނުވާފައިވާ ކަމަށެވެ. އެކަމަކު އެ މުއާމަލާތަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށް ފދައްކަން ފައިސާގެ ރަސީދު ހޯދުން ފަދަ ކަންކަން ކޮށްފައިވާ ކަމަށެވެ.
އޭސީސީގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި މަހުލޫފު ވަނީ މަޖިލީހުގައި ނެގި ވޯޓަކަށް ޕީޕީއެމް ބޭނުންވާ ގޮތަށް ވޯޓު ދިނުމަށް ރާއްޖެއިން ބޭރުގައި ހުންނަވައި އެ ދުވަހުގެ ވޯޓު ގަޑިއަށް މަޖިލިހަށް ވަޑައިގެންފަ އެވެ.
އޭސީސީން ނެރުނު ބަޔާނާއި ގުޅިގެން މަހުލޫފު އެންމެ ފުރަތަމަ ޓުވިޓާގައި މީގެ ކުރިން ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލައިގަ އޭނާ އާއި މެދު އަމަލު ކުރަމުން އަންނަނީ ޒާތީކޮށް، ސިޔާސީގޮތުން ކަތިލާ ކަންބަޅިއެއް ގޮތަށް ކަމަށެވެ. އަދި އެކަން ކުރަނީ ސިޔާސީ ބަޔަކު އަޑީގަތިބެގެންކަން އެންމެ އިސްވެރިންނަށް އެނގިވަޑައިގަންނަވާ ކަމަށާއި ބޭނުމަކީ ހަމައެކަނި މަގާމުން ވަކިކުރުން ކަމަށް މަހުލުފު ވިދާޅުވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް