ކޯވިޑް-19: ދިވެހިރާއްޖޭގައި މަރުވި މީހުންގެ ޖުމުލަ އަަދަދު 205 އަށް

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޯވިޑް-19 އަސް ފަރުވާދެމުންގެން ދިޔަ ދިވެއްސަކާއި ބިދޭސީއަކު ނިޔާވެ ޖުމުލަ މަރު 205 އަށް އަރައިފިއެވެ. އެޗްޕީއޭއިން ބުނީ މިބަލީގައި ފަރުވާދެމުންދަނިކޮށް ރޭ ދަންވަރު 55 އ...

19 Jun 2021 | 06:57

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޯވިޑް-19 އަސް ފަރުވާދެމުންގެން ދިޔަ ދިވެއްސަކާއި ބިދޭސީއަކު ނިޔާވެ ޖުމުލަ މަރު 205 އަށް އަރައިފިއެވެ.

އެޗްޕީއޭއިން ބުނީ މިބަލީގައި ފަރުވާދެމުންދަނިކޮށް ރޭ ދަންވަރު 55 އަހަރުގެ އިންޑިއާ ފިރިހެނަކު ނިޔާވެފައިވާކަމަށެވެ.

މީގެ އިތުރުން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންގެންދަނިކޮށް ރޭ ފަތިހު 41 އަހަރުގެ ދިވެހި ފިރިހެނަކުންވެސް ނިޔާވެފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.

މިއާއެކު ކޯވިޑް-19 ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދުވަނީ 205އަށް އަރާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 187 ދިވެހިންނާއި 18 ބިދޭސީންނެވެ.

މިދިޔަ ދެމަސް ދުވަހު ރާއްޖޭގައި ކޯވިޑް-19 ބަލީގައި މަރުވާ މީހުންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވެގެން ދިޔައެވެ. ނަމަވެސް ބަލީގެ ނުރައްކާ ކުޑަކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއެކު ޕޮޒިޓިވްވާ މީހުންގެ ޢަދަދު މިހާރު މި ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް