ބީއެމްއެލް އެޕް އަޕްޑޭޓްކޮށް އިތުރު އާ ޚިދުމަތްތަކެއް ހިމަނައިފި

ދިވެހި ގައުމީ ބޭންކް (ބީއެމްއެލް)ގެ މޯބައިލް އެޕްލިކޭޝަން އަަދާހަމަކޮށް އިތުރު ޚިދުމަތްތައް ހިމަނައިފި އެވެ. މި ގޮތުން، ބީއެމްއެލްގެ އިންޓަނެޓް ބޭންކިންގ އިން ލިބޭ ގިނަ ހިދުމަތްތަކެއް މިހާރު މޯބައިލް ...

19 Jun 2021 | 06:27

ދިވެހި ގައުމީ ބޭންކް (ބީއެމްއެލް)ގެ މޯބައިލް އެޕްލިކޭޝަން އަަދާހަމަކޮށް އިތުރު ޚިދުމަތްތައް ހިމަނައިފި އެވެ.

މި ގޮތުން، ބީއެމްއެލްގެ އިންޓަނެޓް ބޭންކިންގ އިން ލިބޭ ގިނަ ހިދުމަތްތަކެއް މިހާރު މޯބައިލް އެޕްލިކޭޝަނުން ލިބެ އެވެ. މީގެ ތެރޭގައި ލޯނަށް އެދުމާއި، އެކައުންޓުގެ މައުލޫމާތު ބަދަލުކުރުން ފަދަ ހިދުމަތްތައް ހިމެނެއެވެ. އަދި އައު އެކައުންޓް ހުޅުވުމަށް އޮންލައިން އެޕްލިކޭޝަން ހުށަހެޅުމާއި، ކްރެޑިޓް / ޑެބިޓް ކާޑަށް އެދި ހުށަހެޅުމާއި ލުއި އެކްސްޕްރެސް ލޯނަށް އެދި ހުށަހެޅުމާއި މައިކްރޯ ލޯނަށް އެދި ހުށަހެޅުން ވެސް އަލަށް ހިމެނުނު ޚިދުމަތްތަކުގެ ތެރޭގައި ވެއެވެ. މީގެ އިތުރުން، އެކައުންޓްގެ ވެރިފަރާތުގެ މައުލޫމާތު އަޕްޑޭޓްކުރުމަށް ހުށަހެޅުމާއި ކާޑް އެކްޓިވޭޓް ކުރުމާއި، ފްރީޒްކުރުން އަދި ކާޑު ބްލޮކްކުރުން އަދި ކާޑުގެ ޕިން ބަދަލުކުރުމުގެ ޚިދުމަތް ވެސް މިހާރު އެޕްލިކޭޝަން މެދުވެރިކޮށް ލިބޭނެއެވެ.

މީގެ އިތުރުން، ކުރިންކޮށްފައިވާ މުއާމަލާތްތަކުގެ ރަސީދުތައް އެޕްލިކޭޝަނުން މިހާރު ފެންނާނެއެވެ. އަދި އެކައުންޓެއްގެ ނަމްބަރު ޖެހުމުން ވެރި ފަރާތް ވެސް މިހާރު އެނގޭނެއެވެ. އަދި އަމިއްލަ އެކައުންޓް ބޭނުންކުރުމަށްފަހު، ވިޔަފާރި އެކައުންޓަށް ވަގުތުން ބަދަލުކޮށްލެވެއެވެ.

ބީއެމްއެލުން ބުނިގޮތުގައި އައު ޚިދުމަތްތައް ހިމެނޭ އެޕްލިކޭޝަންގެ އަދާހަމަ މިހާރު އެޕް ސްޓޯރާއި، ޕްލޭ ސްޓޯރުން ޑައުންލޯޑްކޮށްލެވޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް