ކޮވިޑުގައި އިންޑިއާ މީހަކު މަރުވެއްޖެ، އަދަދު 204 އަށް

ކޮވިޑުގައި ރާއްޖެއިން އިންޑިއާ މީހަކު މަރުވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދެންމެ ބުނެފައިވާގޮތުގައި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ރޭ ދަންވަރު އިންޑިއާ ރައްޔިތަކު ވަނީ މަރުވެފ...

19 Jun 2021 | 05:18

ކޮވިޑުގައި ރާއްޖެއިން އިންޑިއާ މީހަކު މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދެންމެ ބުނެފައިވާގޮތުގައި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ރޭ ދަންވަރު އިންޑިއާ ރައްޔިތަކު ވަނީ މަރުވެފައެވެެ.

އެހްޕީއޭއިން ބުނެފައިވާގޮތުގައި މަރުވެފައިވަނީ އުމުރުން 55 އަހަރުގެ، އިންޑިއާއަށް ނިސްބަތްވާ ރައްޔިތެކެވެ.

މިއީ ރާއްޖޭގައި ކޮވިޑުގެ 204 ވަނަ މަރެވެ.

ކޮވިޑުގައި ރާއްޖެއިން މިހާތަނަށް 204 މީހަކު މަރުވެފައިވާއިރު ކޮވިޑުގެ ހާލަތު މި ފަހުން ރާއްޖޭގައި ވަރަށް ގޯސްވިއެވެ. ނަމަވެސް މިހާރު ހާލަތު އަންނަނީ ރަނގަޅުވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް