މިނިސްޓަރު މަހުލޫފުގެ މައްސަލަ އަނބުރާ ފޮނުވާ ނުލާ ކަމަށް ބުނެ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް މިނިސްޓަރ އަހްމަދު މަހުލޫފަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް ފޮނުވި މައްސަލަ އަނބުރާ ފޮނުވާލާފައިވާ ކަމަށް ދެކެވޭ ވާހަކަތައް އެ އޮފީހުން ދޮގުކޮށްފިއެވެ.
ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހްމަދު ޝަފީއުއާ ހަވާލާދީ މިހާރު ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މަހުލޫފުގެ މައްސަލަ އަދި ވެސް އޮތީ ޕީޖީ އޮފީހުގައެވެ. ނަމަވެސް، އިތުރު ބައެއް ލިޔެކިޔުންތައް ބޭނުންވާތީ، އެތަކެތި ހުށަހެޅުމަށް ޕީޖީ އޮފީހުން ވަނީ އެދިފައެވެ. އަދި ކުރިން އިސްލާހު ކުރުމަށް އެ އޮފީހުން އެދުނު ބައެއް ކަންކަން އިސްލާހު ކުރުމަށް ވެސް އެދިފައި ވެއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގެތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި، ޚިޔާނާތާއި، މަނީ ލޯންޑްރިންގެ މައްސަލަތައް ބެލުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އާއި، ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ އާއި އޭސީސީން ކުރިއަށް ގެންދާ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތަހުގީގުގެ ތެރޭގައި، ކުށްކޮށްގެން ހޯދާފައިވާ ފައިސާ މަހުލޫފަށް ލިބިފައިވާކަމަށް ފާހަގަކުރެވިފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް