ހުޅުމާލޭ މުހައްމަދު ޤާސިމް ޕްރީސްކޫލް އިމާރާތް މަރާމާތު ކުރަނީ

ހުޅުމާލޭ މުހައްމަދު ޤާސިމް ޕްރީސްކޫލް އިމާރާތް މަރާމާތު ކުރުމަށް ނިންމައި އެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އެޑިޔުކޭޝަން މިނިސްޓްރީން އިއުލާންކޮށްފިއެވެ. އިއުލާންގައި ބުނެފަ...

19 Jun 2021 | 04:03

ހުޅުމާލޭ މުހައްމަދު ޤާސިމް ޕްރީސްކޫލް އިމާރާތް މަރާމާތު ކުރުމަށް ނިންމައި އެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އެޑިޔުކޭޝަން މިނިސްޓްރީން އިއުލާންކޮށްފިއެވެ.

އިއުލާންގައި ބުނެފައި ވަނީ، ޅުމާލޭ މުހައްމަދު ޤާސިމް ޕްރީސްކޫލް އިމާރާތް މަރާމާތު ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލަޕްމެންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށް އެކަނި ކަމަށާއި މިމަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެ ކަމަށް މިނިސްޓްރީނ ބުނެފައި ވެއެވެ.

މީގެ އިތުރުން، އިއުލާންގައި ބުނީ، މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 18 ޖޫން އިން 22 ޖޫންގެ 14:00 ނިޔަލަށް https://forms.moe.gov.mv މެދުވެރިކޮށް ފޯމް ހުށަހެޅުއްވުމަށް ރަޖިސްޓްރީ ކޮށްދެވޭނެ ކަމަށެވެ. އަދި ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އެކަނި ކަމަށް ވެސް ބުނެފައި ވެއެވެ.

ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 25,000ރ (ފަންސަވިސް ހާސް) ހުށަހަޅަންވާނެ ކަމަށާއި ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 30 ދުވަސް ކަމަށް ވެސް އިޢުލާންގައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް