ސިޔާސީ ވެރިންނަށް ދޭ ވަރުގެ ސެކިއުރިޓީއެއް މި އަނބުގަސްތަކަށް!

މިއީ ޖަޕާންގައި ހުންނަ ތަފާތު ވައްތަރެއްގެ އަނބު އަޅާ ގަސްތަކެއްގައި އަޅާ އަނބެކެވެ. ސިޔާސީ މަގާމުތަކުގައި ތިބޭ އިއްޒަތްތެރިންނަށް ދޭ ފެންވަރުގެ ސެކިއުރިޓީއެއް މި އަނބުގަސްތަކަށް ދެއެވެ. ގަބޫލުކުރަން ...

19 Jun 2021 | 02:54

މިއީ ޖަޕާންގައި ހުންނަ ތަފާތު ވައްތަރެއްގެ އަނބު އަޅާ ގަސްތަކެއްގައި އަޅާ އަނބެކެވެ. ސިޔާސީ މަގާމުތަކުގައި ތިބޭ އިއްޒަތްތެރިންނަށް ދޭ ފެންވަރުގެ ސެކިއުރިޓީއެއް މި އަނބުގަސްތަކަށް ދެއެވެ. ގަބޫލުކުރަން ދަތި ވިޔަސް މިއީ ހަގީގަތެވެ. ހިގަމުން އަންނަ ކަމެކެެވެ.

އެގޮތުން ދުނިޔޭގައިވެސް ވަރަށް ތަދު، މި އަނބު ގަހެއް އިންޑިއާގެ ޖަަބަލްޕޫރުގައިވެސް މިވަނީ އިންދާފައެވެ. އަދި މި އަނބުގެ އަގު ބޮޑުކަމުން، ގަހުގެ ސެކިއުރިޓީ މިވަނީ ވަރަށްެވެސް ވަރުގަދަކޮށްފައެވެ.

ކޮންމެ ދުވަހަކު ވެސް 24 ގަޑިއިރު، މި ގަސްތައް ދޮށުގައި ފޯރިމެރުމަށް މި ކަމަށް ތަމްރީންކޮށްފައިވާ ހާއްސަ ކުއްތާތަކަކާއެކު ސެކިއުރިޓީ ގާޑުން ހަރަކާތްތެރިވެއެވެ. ސަބަބަކީ "ތައިޔޯނޯ ތަމާގޯ" ނަމަކަށް ދީފައިވާ މި އަނބު ދުނިޔޭގައި ވަރަށްެވެސް މަދެވެ. އިންޑިއާ އަދި ޖަޕާނުގައި އެކަންޏޭވެސް ބުނެވިދާނެއެވެ.

ޖަޕާނުގައިވެސް މި އަނބުގަސްތައް ހައްދަމުންދަނީ މި ކަމަށް ހާއްސް ސަރަހައްދެއްގައެވެ. ޖަޕާނުގައިވެސް މި ގަސްތައް ހެދެނީ ވެސް އެ ސަރަހައްދެއްގައި އެކަންޏެވެ.

މިއީ ދުނިޔޭގައި ހައްދާ އެންމެ މީރު އެއް އަނބެވެ. މީގެ އެންމެ އަނބެއް 1348.73 ޑޮލަރަށް ވިއްކޭ ކަމަށް އަނބު ހައްދާ ފަރާތްތަކުން ހާމަކުރެއެވެ. އަނބުތައް އެންމެ ބޮޑުކޮށް ހުންނަ އިރު 900 ގުރާމް ހުންނަ ކަމަށް ވެއެވެ. ބައެއް ފަހަރު ކިލޯ ގުރާމެއް ވެސް ހަމަވެއެވެ.

މީގެ އަނބު ދޮންވެ ފައްކާވުމުން ހުންނަނީ ރަތް، އޮރެންޖް އަދި ރީންދޫކުލައިގައެވެ. ޖަޕާންގައި މި އަނބަށް އިސާރާތް ކުރަނީ "އިރުގެ ބިސް" މި ނަމުންނެވެ. މީގެ ހާއްސަ ރަހާއި ބޮޑު އަގުގެ ސަބަބުން ވަގުންގެ ޝިކާރައަކަށް ވެފައިވެއެވެ. ސެކިއުރިޓީ ބަލަހައްޓަނީ މިހެންވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް