އިންޑިއާގެ ދުވުންތެރިޔާ މިލްޚާ ސިންގް މަރުވެއްޖެ

އިންޑިއާގެ މަޝްހޫރު އެތުލީޓު މިލްކާ ސިންގް މަރުވެއްޖެއެވެ. ދުވުމުގެ ދާއިރާއިން އިންޑިއާއަަށް ރަންވަނަތަކެއް ހޯދައިދީފައިވާ މިލްޚާ ސިންގް މަރުވިއިރު އޭނާގެ އުމުރަކީ 91 އަހަރެވެ. މިލްޚާ ސިންގް މަރުވި ހަ...

19 Jun 2021 | 01:35

އިންޑިއާގެ މަޝްހޫރު އެތުލީޓު މިލްކާ ސިންގް މަރުވެއްޖެއެވެ.

ދުވުމުގެ ދާއިރާއިން އިންޑިއާއަަށް ރަންވަނަތަކެއް ހޯދައިދީފައިވާ މިލްޚާ ސިންގް މަރުވިއިރު އޭނާގެ އުމުރަކީ 91 އަހަރެވެ.

މިލްޚާ ސިންގް މަރުވި ހަބަރާއެކު އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިކްޚާ ސިންގަކީ އިންޑިއާގެ އެތައް ރައްޔިތެއްގެ ހިތްތަކުގައި ބިންވަޅު ނެގިފައިވާ ފަރާތެއް ކަމަށާއި މިލްޚާ ސިންގް ގެ ވަކިވެ ދިއުމަކީ ގައުމަށް ލިބުނު ދެރައެއް ކަމަށެވެ.

މިލްޚާ ސިންގް މަރުވެފައިވާއިރު މި ފަހުން އިންޑީއާގައި ކޮވިޑުގެ ހާލަތު އިންތިހާއަށް ގޯސްވެގެންދިޔައިރު އޭނާއަށްވެސް ކޮވިޑު ޖެހުނެވެ. ނަމަވެސް މަރުވެފައިމިވަނީ ބަލިން ރަނގަޅުވެ ގެއަށް ބަދަލުކުރި ފަހުންނެވެ.

މިލްކާ ސިންގްގެ ހަޔާތުގެ މައްޗަށް ފިލްމެއްވެސް ކުޅެފައިވެއެވެ.

ފަރްޚާން އަޚްތަރު އެކްޓްކޮށްފައިވާ  މި ފިލްމުގެ ނަމަކީ ބާގް މިލްޚާ ބާގް އެވެ. މި ފިލްމު ރިލީޒްކޮށްފައިވަނީ 2013 ވަނަ އަހަރުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް