މަހުލޫފުގެ މައްޗަށް ދައުވާނުކޮށް މައްސަލަ އަނބުރާ ފޮނުވާލައިފި

ގާނޫނީ މައްސަލަތަކެއް ހުރި ކަމަށް ބުނެ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެގެ މައްސަލާގައި ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް މިނިސްޓަރ އަހްމަދު މަހްލޫފަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕ...

19 Jun 2021 | 01:20

ގާނޫނީ މައްސަލަތަކެއް ހުރި ކަމަށް ބުނެ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެގެ މައްސަލާގައި ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް މިނިސްޓަރ އަހްމަދު މަހްލޫފަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވި މައްސަލަ އަނބުރާ ފޮނުވާލައިފި އެވެ.

މަހުލޫފުގެ މައްޗަށް ދައުވާނުކޮށް، މި މައްސަލަ އަނބުރާ ފޮނުވާލާފައިވަނީ އޭގައި ބޮޑެތި ގާނޫނީ މައްސަލަތައް ހުރުމާއި ގުޅިގެން އިއްޔެގެ ވަގުތެއްގައެވެ.

އެ ގޮތުން، މި މައްސަލާގައި ބައެއް ފަރާތްތަކުގެ ހެކި ބަސް ނަގާފައިވަނީ ގާނޫނާއި ހިލާފަށްކަން ޕީޖީގެ އޮފީހުން ފާހަގަކޮށްފައި ވެއެވެ. އަދި ޕީޕީއެމްގެ މަޖިލިސް މެމްބަރުންގެ ވައިބާ ގްރޫޕެއްގައި ދައްކާފައިހުރި ވާހަކަތަކެއް ކަމަށް ބުނާ ޗެޓްލޮގްގެ ޗެއިން އޮފް ކަސްޓޮޑީއެއް ނެތުމުގެ އިތުރުން ސީދާ އޭސީސީއިން މި މައްސަލާގައި ދައުވާކުރަން ފޮނުވުން ފަދަ ކަންކަމާމެދު ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުގެ ވަކީލުން މައްސަލަ ފޮނުވާލުމުގެ ކުރިން މަޝްވަރާ ކުރައްވާފައިވާ ކަމަށް ،މަޢުލޫމާތު ލިބެއެެވެ،

މި މައްސަލައާ ގުޅިގެން މަހްލޫފް ވިދާޅުވެފައި ވަނީ އެމްއެމްޕީއާރުސީގެ މައްސަލަ ފެށުނު ހިސާބުން ފެށިގެން ވެސް އޭނާއާ މެދު އަމަލުކުރަމުންދަނީ ޒާތީކޮށް ސިޔާސީގޮތުން ކަތިލާ "ކަންބަޅި" އެއް ގޮތަށް ކަމަށެވެ. އަދި އެކަން ކުރަމުންދަނީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ކަމަށް އޭނާ ތުހުމަތުކުރައްވައއެވެ. މިކަން ކުރަމުންދާ ހަމައެކަނި ބޭނުމަކީ މަގާމުން ވަކިކުރުން ކަމަށް ވެސް މަހްލޫފް ވިދާޅުވެއެވެ.

‎އޭސީސީއަށް އަށް ދައުވާ ކުރުމުގެ އެއްވެސް ޤާނޫނީ ބާރެއް މި މައްސަލައިގަ ލިބިގެން ނުވާ ކަމަށާއި އެކަން އެސެޓް ރިކަވަރީ ކޮމިޝަން އުފައްދަވަން ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ނެރުއްވި ގަރާރުން އަދި ރިޔާސީ ކޮމިޝަންގެ ގާނޫނުންވެސް ސާފުވާ ކަމަށް ވެސް މަހްލޫފް ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް