އެންމެ ފީޗާ ގިނަ، އަދި ރާއްޖޭގެ މާހައުލާ ގުޅޭގޮތަށް ތައްޔާރުކޮށްފައިވާ ޝާޕް އޭސީ ބާޒާރަށް ނެރެފި

ބައްލަވައިގަންނަވަން ބޭނުންފުޅުވަނީ އޭސީއެއް ތޯ އެވެ. ރާއްޖޭގެ މާހައުލާ ގުޅޭ ގޮތަށް ތައްޔާރުކޮށްފައިވާ، އެންމެ ފީޗަރ ގިނަ އޭސީ މިވަނީ "އެލްއޭ ލައިފްސްޓައިލް" އިން މިވަނީ ރާއްޖެއަށް ތައާރަފް ކޮށްފަ އެވ...

19 Jun 2017 | 07:11

ބައްލަވައިގަންނަވަން ބޭނުންފުޅުވަނީ އޭސީއެއް ތޯ އެވެ. ރާއްޖޭގެ މާހައުލާ ގުޅޭ ގޮތަށް ތައްޔާރުކޮށްފައިވާ، އެންމެ ފީޗަރ ގިނަ އޭސީ މިވަނީ "އެލްއޭ ލައިފްސްޓައިލް" އިން މިވަނީ ރާއްޖެއަށް ތައާރަފް ކޮށްފަ އެވެ.

ޝާޕް ބްރޭންޑްގެ މި އޭސީ ރާއްޖޭގެ މާކެޓަށް ނެރެފައިވަނީ 17 ޖޫންގަ އެވެ. މި އެއަރ ކަންޑިޝަނަރ އަކީ މިހާރު މާކެޓްގައިހުރި އެންމެ ފީޗަރ ތައް ގިނަ އެއް ޔުނިޓެވެ. އަދި މީގެ އިތުރުން މި ޔުނިޓަކީ ދިވެހިރާއްޖެ ފަދަ ލޮނުގެ އަސަރު ބޮޑަށް ކުރާ މާހައުލުތަކަށް ހާއްސަ ޔުނިޓެކެވެ. އަދި ހަމަ އެހެންމެ އެހެން ޔުނިޓްތަކަށްވުރެން ކަރަންޓް ހަރަދުވެސް ކުޑަވާނެ. ތަފާތު އިންވަރޓަރ ސިސްޓަމް އެއް ހުންނަ މި ޔުނިޓަކީ ތިމާވެއްޓާއި ރައްޓެހިކޮށް ފަރުމާކޮށްފައިވާ ބަލާލަންވެސް ރީތި ޔުނިޓެކެވެ.

މި އޭސީގެ ހާއްސަ ފީޗަރ ތަކުގެ ތެރޭގައި

ބޭބީ މޯޑް

މި އެއަރ ކަންޑިޝަނަރ ގެ ހާއްސަ ފީޗާ ތަކުގެ ތެރޭގައި ބޭބީ މޯޑް ފާހަގަކޮށްލެވެ އެވެ. އަދި އެއްވެސް ބްރޭންޑެއްގެ އެއަރ ކަންޑިޝަނަރއެއްގައި ނުހިމެނޭ މި ފީޗަރ އަކީ ދިރާސާ ތަކަކަށްފަހު، ކުޑަކުދިން އުޅޭ ތަންތަނަށް ހާއްސަ ކޮށް ހިމަނާފައިވާ ފީޗަރ އެކެވެ. މި ފީޗަރ އޮން ކޮށްލުމުން ކުއްޖަކާ ދިމާލަށް ފިނި ސީދާ އަމާޒު ނުވެ ތަނުގެ ފިނި އެއްވަރެއްގައި އޮޓަމެޓިކުން ހިފަހައްޓަދޭނެ އެވެ.

ޕްލާސްމަކްލަސްޓަރ އައިއޮން ޓެކްނޮލޮޖީ:

އަދި އެންމެ ހާއްސަ ފީޗަރ އަކީ މީގައި ހިމެނޭ ވަރުގަދަ، ވައި ސާފުކޮށްދޭ ނިޒާމު ކަމުގައިވާ ޕްލާސްމަކްލަސްޓަރ އައިއޮން ޓެކްނޮލޮޖީ އެވެ. އެތައް ވައިރަސް އެއް އަދި ވައިގެ ހުރިހާ ނުސާފު ކަމެއް މި ފީޗަރ ހުރުމުގެ ސަބަބުން ހުއްޓުވައިދޭނެ އެވެ. 14 މީޓަރު ދުރަށް ވައި ފޮނުވާލުމުގެ ގާބިލުކަން ވެސް ޝާޕްގެ ޖޭ ޓެކް އިންވަރޓަރ ޔުނިޓްގައިވެ އެވެ.

ލޮކް ސެންސަރ

ރިމޯޓްގައިވާ ލޮކް އޮން ސެންސަރ ފީޗަރ އޮން ކޮށްލުމުން އެ އިރަކު ރިމޯޓް ހިފައިގެން ހުރި މީހާއާއި ދިމާއަށް ވަކިން ބޮޑަށް ފިނިކޮށް ދިނުމުގެ ގާބިލުކަން މި އެއަރ ކަންޑިޝަނަރ އަށް ލިބިގެންވެ އެވެ.

މި ނޫންވެސް އެތައް ބައިވަރު ފީޗާއެއް ހިމެނޭ މި ޔުނިޓް ބާޒާރަށް ނެރެފައި މިވަނީ ޕްރޮމޯޝަންއަކާވެސް އެކުގަ އެވެ. "އެލްއޭ ލައިފްސްޓައިލް" ގެ ފޭސްބުކް ޕޭޖްގައިވެސް ޕްރޮމޯޝަނެއް ކުރިއަށް އެބަދެ އެވެ.

ބޮޑެތި ޕްރޮޖެކްޓްތައް، ގެސްޓް ހައުސް އަދި އިމާރާތްތަކަށް ވެސް ވަކި ހާއްސަ އަގުތަކެއްގައި ޔުނިޓް ވިއްކުމަށް ވަނީ ހަމަ ޖައްސާފަ  އެވެ.  އަދި ރާއްޖޭގައި އެހެން ރަށްތަކަށް ޑެލިވަރ ކުރުމަށް ދޯންޏާއި ހިސާބަށް ޑެލިވަރ ވެސް ކޮށްދޭނެ އެވެ.

އެޅުވުމާއި އެއްކޮށްވެސް ޕެކޭޖްގައި ހުންނާނެ އެވެ. އެލްއޭ ކުންފުނީގެ ދަށުން ހިންގާ "އޯލް މެއިންޓެނަންސް ސާވިސް" އަކީ އެއަރ ކޮންޑިޝަނަރ އަދި ރިފްރިޖެރޭޝަންގެ މަރާމާތު ކުރުމާ ހަރުކޮށްދިނުމުގެ ދާއިރާގައި އެތައް އަހަރެއްގެ ތަޖުރިބާ އާއި އެކީގައި ކުރަމުން އަންނަ ބައެކެވެ.

ހާއްސަ ގޮތެއްގައި ފޭސްބުކް ޕޭޖް "އެލްއޭ ލައިފްސްޓައިލް" ގައި ވަރަށް ފޯރިގަދަ ޕްރޮމޯޝަން އެއް ލައިކް ޝެއަރ އެންޑް ވިން ނަމުގައި ކުރިއަށް ގެންދާއިރު އެލްއޭ ލައިފްސްޓައިލް ހުންނަނީ ކަޅުހުރާ މަގު. ހ ހިރުނދުމަގުގަ އެވެ.  ލިލީ އެފްއެންޑްބީ އަދި އޮފް ރޯޑް ފިހާރަ ކައިރީގަ އެވެ. ގުޅޭނެ ނަމްބަރަކީ 3011969 / 9737788 / 7786511 އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް