އެސްޓީއޯއިން ރޯދަމަހާ ދިމާކޮށް އަގުހެޔޮކޮށް ވިއްކަމުންދާ ފިޔާ، އަލުވި އަދި ބިހުގެ އަގު އިތުރަށް ހެޔޮކޮށްފި އެވެ.
އެސްޓީއޯއިން މިއަހަރު ރޯދަމަހު އަލުވި ބަސްތާއެއް ވިއްކީ 220 ރުފިޔާއަށެވެ. ބިސްކޭހެއް 270 ރުފިޔާއަށް އަދި ފިޔާ ބަސްތާއެއް 170 ރުފިޔާއަށެވެ.
އެސްޓީއޯއިން ބުނީ އިއްޔެއިން ފެށިގެން މި ތިން ބާވަތް ވިއްކަމުންދަނީ އަގު ހެޔޮކޮށްކަމަށެވެ. އެގޮތުން އަލުވި ބަސްތާއެއްގެ އަގު 190 ރުފިޔާއަށް އަދި ބިސްކޭހެއް 220 ރުފިޔާއަށް އަގު ހެޔޮކޮށްފައިވާ ކަމަށެވެ. އަދި ފިޔާ ބަސްތާއެއް ވިއްކާނީ 140 ރުފިޔާއަށް ކަމަށެވެ.
އަދި އިއްޔެއިން ފެށިގެން ކުރިން 10 ރުފިޔާއަށް ވިއްކި އަލުވި ކިލޯ ވިއްކާނީ ނުވަ ރުފިޔާއަށެވެ. ކުރިން އަށް ރުފިޔާއަށް ވިއްކި ފިޔާ ކިލޯ ވިއްކާނީ ހަތް ރުފިޔާ އަށެވެ. ބިހެއް ވިއްކަނީ ކުރިންވެސް ވިއްކި އަގު ދޮޅު ރުފިޔާއަށެވެ.
މި ބާވަތްތަކުގެ އިތުރުން އިއްޔެ އެސްޓީއޯއިން ވަނީ އެ ކުންފުނިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގުވެސް ހެޔޮކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް